30 އޮކްޓޯބަރ 2024
ކ. އަތޮޅު ތިލަފުށީގެ ކުޑަގިރި ފަރަށް އެރި އިންޑިއާގެ ބޯޓަށް ކޮށްފައިވާ ތިން މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ 14 ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން އެ ބޯޓުގެ ވެރިފަރާތުގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.
ކ. އަތޮޅު ތިލަފުށީގެ ކުޑަގިރި ފަރަށް އެރި އިންޑިއާގެ ބޯޓަށް ކޮށްފައިވާ ތިން މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ 14 ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން އެ ބޯޓުގެ ވެރިފަރާތުގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.
"އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު ކުޑަގިރި ފަރަށް އެރީ މިދިޔަ އަހަރުގެ ޖެނުއަރީ 31 ގަ އެވެ. އެ މައްސަލާގައި އީޕީއޭއިން ވަނީ އެ ބޯޓުގެ ވެރިފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ނަމަވެސް، އެ ފައިސާ ދައްކަން ދިން މުއްދަތުގައި ބޯޓުގެ ވެރިފަރާތުން ފައިސާ ދައްކާފައި ނުވާތީ ދައުލަތުން ވަނީ އެ ބޯޓުގެ ވެރިފަރާތާއި ބޯޓުގެ ރާއްޖޭގެ އޭޖެންޓާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ ބޯޓުގެ ވެރިފަރާތަކީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެސްއެމްޓީ. ޓ. ޖެސިންތަ އެވެ. އަދި ރާއްޖޭގެ އޭޖަންޓަކީ ބިގް ވޭވް ޕްރައިވެޓް ލިމިޓެޑެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ހުކުމް އިއްވާފައި ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރުހާޒިރުގަ އެވެ. އެއީ ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން ދައުވާގެ ލިޔެކިޔުންތައް ހަވާލުކުރި ނަމަވެސް ޖަވާބެއް ހުށަހަޅާފައި ނުވާތީ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ކޯޓުން މިއަދު ހުކުމްކުރީ އެ ބޯޓުގެ ވެރިފަރާތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި، ޖޫރިމަނާއަށް ވާ 3،098،710ރ. ދައުލަތަށް ދެއްކުމަށެވެ.
އީޕީއޭއިން ކުރިން ބުނެފައިވާ ގޮތުގައި، އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ބޯޓުގެ ވެރިފަރާތުން ހިއްސާ ކޮށްފައިވާ ސާވޭ ރިޕޯޓުން ވެސް ފާހަގަވެ އެވެ.
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
ހިލަ ބާޖަކާއި ޓަގުބޯޓެއް ހުޅުމާލެ ފަރަށް އަރައިފި
"ކުޑަގިރިފަރަށް އެރި ބޯޓު ފުރުން މަނާކުރީ ރަނގަޅަށް"
އެފްކޮންސްގެ ޖޫރިމަނާ ކޯޓުން ފަސްކޮށެއް ނުދިން
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި