ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހު ގެނައީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެ އަށް އަމަލުކުރާ ގޮތަށް އެކަނި ކަމަށް އެ އިސްލާހުގައި ބުނެފި އެވެ.
13 އޯގަސްޓް 2025
ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހު ގެނައީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެ އަށް އަމަލުކުރާ ގޮތަށް އެކަނި ކަމަށް އެ އިސްލާހުގައި ބުނެފި އެވެ.
ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދަށް ގެނައި ހަ ވަނަ އިސްލާހު އާންމުކުރީ އިއްޔެ އެވެ.
އެ އިސްލާހުގައި ބުނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.
"މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރަށް އަމަލު ކުރެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝައިއުކުރާ ތާރީހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށެވެ،" އެ އިސްލާހުގައި ބުންޏެވެ.
އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހާއި އީޕީއޭގެ ނަން ބަދަލުކޮށް އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ސަރުކާރުން އިއްޔެ ގެނައި ބަދަލުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ބަދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ވަނީ އިއްޔެ އިއުލާންކުރައްވައިފަ އެވެ. އަދި އެ އިދާރާގެ ބާރުތައް ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ލިބޭ ގޮތަށް މެންޑޭޓަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.
އީޕީއޭ އުވައެއް ނުލާ، ނަން ބަދަލުކުރަނީ: މިނިސްޓްރީ
އީއައިއޭތަކުގައި ބޮޑަށް ބެލެނީ ތަރައްގީ އަށް: އީޕީއޭ
އީޕީއޭ މިނިވަންކުރުމަކީ އެއްވެސް ބަޔަކަށް ނުވި ކަމެއް!
އައިންމަތީ ދޫނި މަދުވެއްޖެ، ތޭރަވާ ގެއްލިއްޖެ
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ