ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލު ކޮށްފައިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
12 އޯގަސްޓް 2025
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލު ކޮށްފައިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަޖުވަދު މުސްތަފާ "މިހާރު"އަށް ވިދާޅުވީ، އީޕީއޭ އުވާލަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ. އެ އޮފީހުން މިއަދު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަޖްވަދު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް އެޖެންސީއެއް ހުންނަނީ އެ ގައުމުތަކުގައި ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ނުހުންނަ ކަމުގައިވާ ނަމަ ކަމަށެވެ. ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ހުންނަ ނަމަ ހިންގަނީ ރެގިއުލޭޓަރީ އޮތޯރިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޕީއޭ އުފައްދާފައި ވެސް އޮތީ ތިމާވެށި ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި. އެކަން ރިފްލެކްޓުވާ ގޮތަށް އެ ތަނުގެ ނަމަށް ބަދަލު ގެންނަނީ. އެކަމަކު ހަމަ ކުރީގެ އީޕީއޭ، އީޕީއޭ އުވާލީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
އީޕީއޭއާ މިހާރު ހަވާލުކޮށްފައިވާ އެއްވެސް ޒިންމާއެއް އަދި ދީފައިވާ އެއްވެސް ބާރެއް ވެސް ނުހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަޖްވަދު ވިދާޅުވި ގޮތުގައި، އީޕީއޭ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓާ ކިޔާ މަގާމެއް އުފައްދާނެ އެވެ. އެއީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އުފައްދާ މަގާމެކެވެ. އެހެންވެ، އެ އިދާރާގެ މަގާމުތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ސިވިލް ސާވިސް ކޮމިޝަނަށް އަންގާނެ އެވެ.
އީޕީއޭ އުފައްދާފައި ވެސް އޮތީ ތިމާވެށި ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި. އެކަން ރިފްލެކްޓުވާ ގޮތަށް އެ ތަނުގެ ނަމަށް ބަދަލު ގެންނަނީ. އެކަމަކު ހަމަ ކުރީގެ އީޕީއޭ، އީޕީއޭ އުވާލީކީ ނޫން،"--- އަޖުވަދު
މިހާރު އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ.
އަޖްވަދު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން އީޕީއޭ މެދުވެރިކޮށް ހަދަން ޖެހޭ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހެއް ގެނެސް މިއަދު ގެޒެޓް ކޮށްފައިވާ ކަމަށެވެ.
"އެ ގަވާއިދަށް މި ގެނައި އިސްލާހަކީ، އީއައިއޭ ޕްރޮސެސް ހަމަ މިހާރު އޮތް ގޮތަށް ބާއްވައިފައި، އެކަމަކު ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ނިންމާ ތަރައްގީގެ މަޝްރޫއުތައް، ސަރުކާރުން އަވަހަށް ކުރިއަށް ގެންދަން ޖެހޭ މަޝްރޫއުތަކުގެ އީއައިއޭ މަރުހަލާތައް އަވަސް ކުރެވޭނެ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.
"[އަވަސް ކުރަން އެންގިޔަސް] އީއައިއޭގެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދާނެ. އެއްވެސް މަރުހަލާއެއް ސްކިޕްކޮށް ނުވަތަ އުވާލާފައި ކުރިއަށް ނުގެންދާނެ."
އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން އެ ބަދަލަށް އަމަލުކުރާނީ މި އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ނުވަތަ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެކަންޏެވެ.
ޑިސެމްބަރު 18، 2008 ގައި އުފެއްދި އީޕީއޭ މިހާތަނަށް ހިންގަމުން އައީ ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އެ ބޯޑުގައި މިހާރު ހަތް މެމްބަރަކު ތިއްބަވަ އެވެ.
ނަމަވެސް، އީޕީއޭ އަށް މި ގެންނަން ބަދަލާ އެކު، އެ އިދާރާ ދެން ހިންގާނީ ސީދާ މިނިސްޓްރީގެ ދަށުން ކަމަށް ކަން ވަނީ އެނގިފަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ބުނީ އީޕީއޭގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވާފައިވާ ކަމަށެވެ.
"މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އީއައިއޭ ގަވާއިދު އިސްލާހުކުރީ ބާކީ އޮތް މުއްދަތަށް!
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް
އީއައިއޭތަކުގައި ބޮޑަށް ބެލެނީ ތަރައްގީ އަށް: އީޕީއޭ
ފައިނު އެއާޕޯޓު އީއައިއޭ ބަލައިނުގަންނަން ނިންމައިފި
ފައިނު އެއާޕޯޓް މަޝްރޫއަށް މިހާރު ޝަކުވާ ހުށަހެޅޭނެ
އީޕީއޭ މިނިވަންކުރުމަކީ އެއްވެސް ބަޔަކަށް ނުވި ކަމެއް!
އީޕީއޭއަށް ގެނައި ބަދަލާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
އައިންމަތީ ދޫނި މަދުވެއްޖެ، ތޭރަވާ ގެއްލިއްޖެ
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ