Roadha Mihaaru
މަބްރޫކް ދެއްކެވީ ރައީސްގެ ރޭވުންތެރިކަމާއި ކުޅަދާނަކަން

މަބްރޫކް ދެއްކެވީ ކޮވިޑް މެނޭޖް ކުރުމުގައި ރައީސްގެ ކުޅަދާނަކަން!

20 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގައި ކޮވިޑް މެނޭޖް ކުރެއްވި ގޮތް އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ އެ ދުވަސްވަރު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މީޑިއާ މެދުވެރިކޮށް މައުލޫމާތު އާންމު ކުރައްވަމުން ގެންދެވި މަބްރޫކް އަޒީޒެވެ. ކޮވިޑާ ގުޅިގެން ސަރުކާރުން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކް ނުކުމެވަޑައިގެން ކޮންމެ ރެއަކު ހާމަކުރައްވަމުން ގެންދެވީ ސަރުކާރުގެ ނިންމުންތަކާއި އެ ވަބާއާ ގުޅިގެން ސަރުކާރުން އެކަށައެޅި ސިޔާސަޔުތަކެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް މެނޭޖު ކުރެއްވި ގޮތުގެ ވާހަކަތައް މިހާތަނަށް މިހާ ތިލަކޮށް ވިދާޅެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގައި ކޮވިޑް މެނޭޖް ކުރެއްވި ގޮތް އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ އެ ދުވަސްވަރު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މީޑިއާ މެދުވެރިކޮށް މައުލޫމާތު އާންމު ކުރައްވަމުން ގެންދެވި މަބްރޫކް އަޒީޒެވެ. ކޮވިޑާ ގުޅިގެން ސަރުކާރުން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކް ނުކުމެވަޑައިގެން ކޮންމެ ރެއަކު ހާމަކުރައްވަމުން ގެންދެވީ ސަރުކާރުގެ ނިންމުންތަކާއި އެ ވަބާއާ ގުޅިގެން ސަރުކާރުން އެކަށައެޅި ސިޔާސަޔުތަކެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް މެނޭޖު ކުރެއްވި ގޮތުގެ ވާހަކަތައް މިހާތަނަށް މިހާ ތިލަކޮށް ވިދާޅެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުކަމުން މިދިޔަ އަހަރުގެ އޮގަސްޓް 23 ގައި އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމަކަށް އޭނާ މިރޭ އަރާވަޑައިގަތީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.

އެ ޖަލްސާގައި މައިގަނޑު ގޮތެއްގައި މަބްރޫކް ހާމަކުރެއްވީ ކޮވިޑްގެ ކަންކަން މެނޭޖު ކުރެއްވުމުގައި ރައީސް ގެންގުޅުއްވި ސިޔާސަތުތަކެވެ. އެ މަނިކުފާނުގެ ރޭވުންތެރިކަމެވެ.

އޭނާ ވިދާޅުވީ، ކޮވިޑް ފެތުރޭތީ މުޅި ދުނިޔެ ހަދާނެ ގޮތް ހުސްވެ، އެ ބަލި ޖެހޭ މީހުން ވައްދާނެ ތަނެއް ނެތިގެން އެތައް ގައުމެއްގެ ބަޔަކު އުޅުނު އިރު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ހިތްވަރު ކަމަށެވެ. އެ ދެއްވި ހިތްވަރަށްޓަކައި އެކަނިވެސް ރައީސަށް މި ޕްރައިމަރީގައި ތާއީދު ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސޯދާ ހުޅުވައި، ޓޫރިސްޓުން އަލުން އަންނަން ފަށާފައިވާއިރު އަދިވެސް އެހެން ގައުމުތަކުގެ ހާލަތާ މެދު ވިސްނަންޖެހޭ ކަމަށެވެ.

"ސްރީ ލަންކާ އެ އޮތް ހާލު. ޕާކިސްތާނު އެ އޮތް ހާލު. ދުނިޔޭގެ އެތައް ގައުމެއް އަދިވެސް މި ކަމުން އަރައިނުގަނެވި ކުރިއަށް ދާއިރުގައި ރާއްޖެ ކަހަލަ ގައުމަކަށް މި ކަމުން އަރައިގަނެވުނީ އިއްތިފާގަކުން ނޫން. ރާއްޖެ އޮތީ މި ކަމުގައި މާ ފަހަތަށް ގޮސްދޭނެ ކަހަލަ ހާލަތެއްގައި. އެހެން ނަމަވެސް ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުން މި ދުވަސް އަޅުގަނޑުމެން ހޯދީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެނގިވަޑައިގެންނެވި އެއް ކަމަކީ އެއީ "ޓީމު ކެޕްޓަނެއް" އަދި "ޓީމު ލީޑަރެއް" ކަމެވެ.

މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދު މަޝްވަރާއެއްގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދު މަޝްވަރާއެއްގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ޓީމާ އެކީގައި. ކުރައްވާ ހުރިހާ މަސައްކަތެއްގައި ޓީމުގެ ބައިވެރިވުން އޮވޭ. ލިބޭ ކޮންމެ ފަހުރެއްގައި އެ ޓީމުގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރު ދެއްވާ. މި ކަމުގައި އެންމެ އަސާސީ އެއް ސިފައަކީ އަޑު އެއްސެވުން،" މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން ހުރޭ އަޅުގަނޑުމެން ގާތްގަނޑަކަށް ދެ އަހަރު ހޭދަކުރިން، ހަމަ ކޮންމެ ރެއަކު، އެއް ރޭ ވެސް ވައްޓާނުލާ، ފުރަތަމަ މުލީއާގޭގައި ބައްދަލުކުރާތާ. އަދި ކޮވިޑާ ހެދި ގައުމު ބަންދުވެގެން ދެން އެކަން ކުރަން ޖެހުނީ ވާޗުއަލީ ވެބްކެމެއް އަޅުވައިގެން. އެއީ ހުކުރު ދުވަހަކަސް ހޮނިހިރު ދުވަހަކަސް ރައީސް ކޮވިޑް ޖެހިވަޑައިގެން ހުންނެވި ދުވަހަކަސް އެހެން ދުވަހަކަސް ކޮންމެ ރެއަކު ރައީސް ދެ ގަޑިއިރު، ތިން ގަޑިއިރު ހޭދަކުރެއްވި މުޅި ޓީމާ އެކީގައި ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް ބެއްލެވުމުގައި."

މަބްރޫކް ވިދާޅުވީ، ކޮވިޑާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދެއްކެވެމުން ރާއްޖޭގެ އެހެން ސިޔާސީ ބޭފުޅުން އޭރު ގެންދެވީ ޖޯކު ޖައްސަވަމުން ކަމަށެވެ. ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށާއި އެ ބައްޔާ ހެދި ސަރުކާރުން މާ ބޮޑަށް އުޅޭތީ އެ ސިޔާސީ ބޭފުޅުން އެތައް ދުވަހެއް ވަންދެން ވާހަކަ ދެއްކި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނު ތަފާތަކީ ރައީސް އޭރު ދިޔައީ ރާއްވަވަމުން. ކެބިނެޓް ސެކްރެޓަރީއަކަށް އޭރު ހުންނެވީ ޝައުނާ. އަޅުގަނޑު ހަނދާން ހުރޭ ޑޮކްޓަރުން ލިސްޓް ކުރައްވާފައި ދިން ހަނދާން، ރާއްޖޭގައި މި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތާއި ގެންނަންޖެހޭ ތަކެއްޗާއި އަދި ހޯދަންޖެހޭ އެހެން އިތުރު އެއްޗެހީގެ ވާހަކަ،" މަބްރޫކް ވިދާޅުވި އެވެ.

"ރާއްޖޭގައި ވާން ޖެހޭ ގޮތާ ބެހޭ ގޮތުން އެ ދުވަހު ވާހަކަ ދެއްކެވިއިރު ވިދާޅުވި، ރާއްޖޭގެ އެއްވެސް މީހަކު އެނދެއް ނެތިގެން ފަރުވާ ނުދެވި ގޮސްގެން ނުވާނެއޭ. ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި ކާބޯތަކެއްޗަށް ޖެހިގެން ނުވާނެއޭ. ރައީސް ވިދާޅުވީ، ރާއްޖެ ބަންދުކުރަން ޖެހޭ ދުވަހު އަޅުގަނޑުމެން ޖެހޭނީ ބަންދުކުރަންށޭ އެކަމަކު އެ ކަން ކުރަން ވާނީ ހުޅުވާނެ ގޮތް އެނގި ތިބެއޭ. އެ ކަން ކުރާނެ ގޮތާއި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ ތަފުސީލު އޭރު އޮތީ ލިޔެވިފައި."

ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ޓީމާ އެކީގައި. ކުރައްވާ ހުރިހާ މަސައްކަތެއްގައި ޓީމުގެ ބައިވެރިވުން އޮވޭ. ލިބޭ ކޮންމެ ފަހުރެއްގައި އެ ޓީމުގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރު ދެއްވާ. މި ކަމުގައި އެންމެ އަސާސީ އެއް ސިފައަކީ އަޑު އެއްސެވުން،"--- މަބްރޫކް

މަބްރޫކް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަކީ ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ބަންދުކުރި އަދި އެންމެ ފުރަތަމަ ހުޅުވި ވެސް އެއް ގައުމެވެ.

"މުޅި ދުނިޔެ ބަންދުގައި އޮތް އިރު އެ ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ނޫނީ އެ ދުވަސް ހޯދޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާގެ މިރޭގެ ވާހަކައިގައި ދެއްކެވީ ހަމައެކަނި ރައީސް ކޮވިޑް މެނޭޖް ކުރެއްވި ގޮތުގެ ފުރިހަމަ ވާހަކަ އެކަންޏެއް ނޫނެވެ. ރައީސް އޮފީހުގައި ސަރުކާރު ހިންގުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެންގެ ހިޔާލު ހޯއްދަވާ ބޭފުޅެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މިހާތަނަށް އެންމެ ގިނައިން ކައުންސިލަރުންނާ ބައްދަލުކުރެއްވި ރައީސަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ސަޕޯޓަރުންގެ ތެރޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ސަޕޯޓަރުންގެ ތެރޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ހިޔާލު ތަފާތަސް ހިޔާލު އެއްގޮތަސް އަޑުއައްސަވާނެ. އަދި ހުރިހާ ހިޔާލެއްގެ ތެރެއިން ގައުމަށް އެންމެ ރަނގަޅު ގޮތް ހޯއްދަވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް ރައީސަށް އޮވޭ. އެހެންވީމާ މިއަދު އަޅުގަނޑު ރައީސަށް ކުރާ އިތުބާރަކީ ހަމައެކަނި އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ އިތުބާރެއް ނޫން،" ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވި އެވެ.

"އެއީ އަޑުއައްސަވާނެ ލީޑަރަކަށް އަޅުގަނޑު ކުރާ އިތުބާރު. އެއީ ރައީސްގެ ކެބިނެޓަށް އަޅުގަނޑު ކުރާ އިތުބާރު. އެއީ އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ކުރާ އިތުބާރު. އެއީ އަޅުގަނޑު މުޅި ދިވެހިރާއްޖެ އަށް ކުރާ އިތުބާރު."

މަބްރޫކް ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ކަންކަން ތަރުތީބު ކުރިއިރު، ކަންކަމަށް ހަރަދު ވާނެ ވަރާއި ހޭދަވާނެ ވަގުތުތައް ވަރަށް ތަފުސީލްކޮށް ލިޔުނު ކަމަށެވެ. އަދި ކޮވިޑަށް ފަހު ވެސް އެ ކަންކަން ތަންފީޒު ކުރާނެ ގޮތާއި އިސްކަންދޭންވީ ކަންކަން ވެސް ލިޔެފައިވާނެ ކަމަށެވެ.

"އެ ކުރެވޭ ތަރުތީބުގެ ސަބަބުން ފެންނަ ނަތީޖާ މިއަދު ތިޔަބޭފުޅުންނަށް ފެންނަން ފަށައިފި. ކުއްލިކުއްލި އަށް މަގު ހެދެނީކީ ނޫން. ކުއްލިކުއްލި އަށް ކަންކަން ވަނީކީ ނޫން. ރޭވިގެން، ތަރުތީބު ކުރެވިގެން އަންނަ ތަރައްގީ އެހެރަ ފެންނަނީ. މިހާރު އެ ދަނީ މަޝްރޫއުތައް ނިމެމުން،" އޭނާ ވިދާޅުވި އެވެ.