Roadha Mihaaru
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފި

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފި

17 ފެބުރުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިރޭ އަރުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިރޭ އަރުވައިފި އެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ރިޔާސީ ޓިކެޓް ރައީސަށް މިރޭ އެރުވީ އެކަމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާއެއްގަ އެވެ. ޓިކެޓް އެމަނިކުފާނާ ހަވާލުކޮށް ދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

ރިޔާސީ ޓިކެޓް ރައީސް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި 62 ޕަސެންޓް ވޯޓުންނެވެ. އަދި އިންތިޚާބުގައި ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވުމުގެ ހުއްދަ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސަށް މިހާރު ވަނީ ދެއްވައިފަ އެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ނަޝީދުގެ ފަރާތްޕުޅުން ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި ފިކުރެއްގެ ދިރުންގެ ނަމުގައި އާ ހަރަކާތެއް އިއުލާންކޮށް މެމްބަރުން ހޯދަން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ ޓިކެޓް ރައީސަށް އަރުވަން ގާތްވެފައި ވަނިކޮށް، ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ޕްރައިމަރީ ބާތިލްކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.