18 ސެޕްޓެމްބަރ 2023
ކޮންމެ މީހަކަށް ވެސް، އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދަތިނުކޮށް އެ ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ކޮންމެ މީހަކަށް ވެސް، އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދަތިނުކޮށް އެ ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މި މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް، އެމްޑީޕީގެ ކެންޑިޑޭޓު ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، މީޑިއާތަކަށް އިންޓަވިއު ދެއްވަމުން، "މިހާރު" އިން ކުރި ސުވާލާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ކޮންމެ މީހަކަށް، ކެންޑިޑޭޓަކަށް އަދި އެ ކެންޑިޑޭޓުގެ ޓީމަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ.
ރާއްޖެއަށް ގެންނަން ބޭނުންވި ކަމަކީ އެއީ ކަމަށާއި އެމްޑީޕީން އެ މިނިވަންކަން ދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދަތިނުކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކެމްޕެއިނަށް ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެކަމަނާއަށް ވަނީ ފުރައްސާރަކޮށްފަ އެވެ.
ފަސްޓް ލޭޑީ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި https://t.co/YJXcNi1eBM
— Mihaaru (@Mihaarunews) September 17, 2023
ފަޒްނާއާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އެކަމަނާއަށް ހުޅުމާލެ 2 އަށް އަރާވަޑައިނުގެންނެވޭނެ ކަމަށް ވެސް މުޒާހަރާކުރަމުން ދިޔަ މީހުން ގޮވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ފަދަ ކަމަކީ ޑިމޮކްރެޓިކް މާހައުލެއްގައި ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ދައްޗެއް ކުރިމަތިނުކޮށް މިނިވަންކަމާއެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، ވާދަވެރިންގެ ފަރާތުން ވެސް ރައީސް ވަނީ އެ މިނިވަންކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ އެ ފުރުސަތު ހުރިހާ ފަރާތަކަށް ހަމަހަމަކޮށް، ދަތިނުކޮށް ކެމްޕެއިން ކުރަން ފުރުސަތު ދެއްވާށޭ. ހަމަ ގައިމުވެސް އެމްޑީޕީގެ ފަރާތަކުން އެއިން ކަމަކަށް ނާޅާނެ. ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވައި ފުރުސަތު ދޭނަން އަޅުގަނޑުމެން. އަޅުގަނޑުމެން ނެތިން އެއްވެސް ކަހަލަ ހުރަހެއް އަޅާކަށް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ހުޅުދުއްފާރުގައި ރައީސްގެ ހަނދާނަށް އަބްދުﷲ ގާޒީ
ބަދަލު ކުޅުންތެރިން އަރުވައިގެން މޮޅެއް ނުވާނެ: ރައީސް
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ތައްޔާރުވަނީ