Roadha Mihaaru
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

25 ޑިސެމްބަރ 2022

އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ މައްސަލާގައި އައްބާސް އާދިލް ރިޒާ ދެންމެ ހައްޔަރުކޮށްފި އެވެ.

އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ މައްސަލާގައި އައްބާސް އާދިލް ރިޒާ ދެންމެ ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް، ޓުވީޓްކޮށް، އަމަން ގެއްލޭ ފަދަ ވާހަކަ ދައްކާ މައްސަލައިގެ އެވެ.

ފުލުހުން ބުނީ، ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން އައްބާސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އާއި މި ވެރިކަމުގެ ކުރީކޮޅު ފުރުއްވި އައްބާސް މި ހައްޔަރުކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން އައްބާސްގެ ނަމުގައި ހިންގާ އެކައުޓަކުން މިދިޔަ ހުކުރު ދުވަހު ޓުވީޓް ކޮށްފައި ވަނިކޮށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް ފުރުއްވި އައްބާސްގެ ނަމުގައި ކުރި އެ ޓްވީޓެއްގައި ބުނީ އައްޑޫގައި ފެބްރުއަރީ 8 ގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ނަމަވެސް، އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށް، ހުޅުޖަހާފައި ހުރި ފޮޓޯތަކާއެކު ކުރި ޓްވީޓުގައި ވެ އެވެ.

"އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" އިންޑިއާ އައުޓް ހޭޝްޓެގާއެކު ކުރި ޓްވީޓުގައި ބުންޏެވެ.

ނަމަވެސް އައްބާސް ބުނާގޮތުގައި އެއީ އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓެއް ނޫނެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓެއްކަން ފުލުހުންނަށް ވަނީ ކަށަވަރުވެފަ އެވެ.

އިންޑިއާއާ ދެކޮޅަށް ކްލަބް ހައުސްގައި ހިންގާ ބައްދަލުވުންތަކުގެ ލިންކުތައް ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވާއިރު، މީގެ ކުރިން ވެސް ހަމަ އެ އެކައުންޓުން ވަނީ، ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދީފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ވެސް ފެށި އެވެ. އަދި އެ އެކައުންޓުން ކޮށްފައިވާ ޓްވީޓްތަކާ ބެހޭ އެއްވެސް ޚަބަރެއް މީގެ ކުރިން އޭނާ ދޮގުކޮށްފައެއް ވެސް ނުވެ އެވެ.

އައްބާސް އެންމެ ފަހުން ކުރި ޓުވީޓުގެ މައްސަލަ ދިވެހި ސަރުކާރާއި އެކި ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ.