Roadha Mihaaru
އައްބާސް ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ނުފެށިފައި

އައްބާސް ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ނުފެށިފައި

16 މެއި 2023

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާ މިއަދު ވެސް ކޯޓަށް ހާޒިރު ނުކުރެވުމުން އޭނާގެ ޝަރީއަތް ފެށޭ ގޮތެއް ނުވި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާ މިއަދު ވެސް ކޯޓަށް ހާޒިރު ނުކުރެވުމުން އޭނާގެ ޝަރީއަތް ފެށޭ ގޮތެއް ނުވި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި އައްބާސްގެ މައްޗަށް، ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ޝަރީއަތް މިހާތަނަށް ވެސް ނުފެށި އޮތީ އައްބާސް ހާޒިރު ނުކުރެވިގެންނެވެ. އެންމެ ފަހުން ތާވަލްކުރި ދެ އަޑުއެހުން ވެސް ނުބޭއްވުނީ އައްބާސްއަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވޭތީ އެވެ. މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އައްބާސް ހާޒިރު ނުކުރެވޭތީ ކަމަށް ކޯޓުން ބުންޏެވެ.

ނަމަވެސް އައްބާސްއަށް ޗިޓް ހަވާލުކުރިކަން ނުވަތަ ނޫންކަން ކޯޓުން ހާމައެއް ނުކުރެ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ޑިސެމްބަރު މަހު އޭނާ ކުރެއްވި ޓްވީޓަކާއި އަދި އޭގެފަހުން ކްލަބް ހައުސްގައި ވާހަކަ ދައްކަމުން މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގައި، ހުޅުޖަހަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.