23 ޑިސެމްބަރ 2022
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލަ ޕާޓީތަކުން ކުށްވެރިކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލަ ޕާޓީތަކުން ކުށްވެރިކޮށްފި އެވެ.
އައްޑޫގައި ހުޅު ޖެހި މައްސަލައިގެ "ބަދަލު އަދި އޮތީ ނުހިފި" ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލުކޮށް ޓްވީޓްކުރީ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުންނެވެ.
ކުރިން އެކި ތަންތަނުގައި ހުޅު ޖަހާފައިވާ ފޮޓޯތަކެއް އާންމުކޮށް، ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް އޭނާ އެ ކުރި ޓްވީޓުގެ މައްސަލަ ފުލުހުން ވެސް ބަލަމުންދާ ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެ މައްސަލާގައި ފުލުހުންގެ ކޮމެންޓެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ކުށްވެރިކޮށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި ވަނީ އިންޑިއާ ހައި ކޮމިޝަނުގައި ރޯކުރަން ގޮވި މައްސަލަ އިދާރާތަކުން ތަހުގީގުކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ.
MRM strongly condemns this cowardly incitement of arson and terrorism, targeted at @HCIMaldives. We call on authorities to investigate and take strong action against this, and such other acts of hate speech instigating violence.@AmbMunu @PoliceMv @MNDF_Official https://t.co/R9VhxJY2zg
— Maldives Reform Movement (MRM) ?? (@MRM_Office) December 23, 2022
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ކުރި ޓްވީޓުގައި ވެސް އެ މައްސަލަ ތަހުގީގުކުރަން ގޮވާލާފައިވެ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ތަކުރާރުކޮށް ކުރަމުންދާ ކަންކަން ވެސް އެ ޕާޓީން ކުށްވެރިކުރި އެވެ.
The MDP condemns in the strongest terms the call for an arson attack on the Indian High Commission, and calls on the authorities to investigate the matter. The MDP also condemns the opposition’s continuous effort to incite violence & hatred towards friendly nations.
— MDP Secretariat (@MDPSecretariat) December 23, 2022
އެ މައްސަލައާ ގުޅިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ކުރި ޓްވީޓުގައި ބުނީ ޕީޕީއެމްގެ މެމްބަރެއް އަދި ކުރީ ސަރުކާރެއްގެ އޮފިޝަލެއް ކަމަށްވާ އައްބާސް، އިންޑިއާ އެމްބަސީގައި ރޯކުރަން ގޮވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"އިންޑިއާއަކީ އަހަރެމެންގެ އެންމެ ގާތް އަަވަށްޓެރި އަދި ކޮންމެ ވަގުތެއްގައި ވެސް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް،" އެމްޓީޑީގެ ޓްވީޓުގައިވެ އެވެ.
MTD condemns the call for arson attack & inciting terror against the Indian High Commission in Maldives @HCIMaldives by PPM member and former government official @AbbasRiza !
— Maldives Third-Way Democrats (@MTDSecretariat) December 23, 2022
India ?? is our closest neighbor & they are always there for Maldives ?? in every time we needed. https://t.co/oV9dhkURdH
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން އައްބާސް އާދިލް ރިޒާގެ އެކައުންޓަކުން ގޮވާލިޔަސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އައްބާސް އެއީ އޭނާގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވިޔަސް އެ އެކައުންޓަކީ އޭނާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބައިވެރިވެ އެ ކަންކަން އިޝްތިހާރު ވެސް ކުރާ އެކައުންޓެކެވެ. އެކައުންޓުން ކޮށްފައިވާ ޓްވީޓުތަކުން މީގެ ކުރިން ހަބަރުތައް ހެދިޔަސް އޭނާ އެކަން ދޮގުކޮށްފައެއް ނުވެ އެވެ.
ހުޅުޖަހަން ގޮވި މައްސަލަ މާރިޔާ ކުށްވެރި ކުރައްވައިފި
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
ހައިކޮމިޝަން ގޮއްވާލަން ގޮވި މީހާއަށް ޓެރަރިޒަމް ދައުވާ
ބޮމުގެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 3 ދުވަސް
އިންޑިއާ ހައިކޮމިޝަން ގޮއްވާލަން ބުނިމީހާ ހައްޔަރުކޮށްފި
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އިދިކޮޅު ފަރާތްތަކުން އިންޑިއާ ހައި ކޮމިޝަނަރު އަރިހަށް