03 ޖުލައި 2021
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި މި މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރި މީހާއާ ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. އޭނާ އަކީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ހުށަހެޅި މީހެކެވެ.
އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެ ޓްވީޓްކޮށްފައި އޮތީ "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުންނެވެ. ފަހުން އެ އެކައުންޓު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ފުލުހުން ބުނީ އިންޒާރާ ގުޅިގެން އިންޑިއާ ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދެމުން ފުލުހުންގެ ބަޔާނުގައި ބުނީ އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމަކަށް ވާއިރު، އެ ތަންތަނުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް އޮންލައިން ނޫސްތަކުން ޚަބަރު ފަތުރަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި މިޝަންތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާ ފަދަ ނާޒުކު މައްސަލައެއް ކަމުގައި ވީ ހިނދު، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އިލްތިމާސްކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބޮމުގެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 3 ދުވަސް
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
ހައިކޮމިޝަން ގޮއްވާލަން ގޮވި މީހާއަށް ޓެރަރިޒަމް ދައުވާ
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ މާރިޔާ ކުށްވެރި ކުރައްވައިފި
އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށްފި
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި