Roadha Mihaaru

ބެނާ ނަގަން އަމުރުދިން ފަނޑިޔާރަށް އިންޒާރު ދިން މައްސަލަ ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން އަމުރު ނެރުއްވި ފަނޑިޔާރަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން އަމުރު ނެރުއްވި ފަނޑިޔާރަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

'އިންޑިއާ އައުޓް' ބެނާއެއް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހެނދުނު ފުލުހުން ވަނީ އެ ގެކޮޅަށް ވަދެ، ބެނާތައް ނައްޓާލައިގެން ގެންގޮސްފަ އެވެ. ކްރިމިނަލް ކޯޓުން އެކަމަށް އަމުރު ނެރެދިނީ ގާޒީ މުހައްމަދު މިސްބާހެވެ.

ސޯޝަލް މީޑިއާގައި ގާޒީ މިސްބާހަށް ނުސީދާކޮށް އިންޒާރު ދިނީ ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް އަދާ ކުރެއްވި އައްބާސް އާދިލް ރިޒާ އެވެ.

ކޯޓު އަމުރުގައި ގާޒީގެ ނަން އޮތް ބައިގެ ފޮޓޯއަކާ އެކު އޭނާ ކުރެއްވި ޓްވީޓްގައިވަނީ އެ ގާޒީގެ މަތިން ހަނދާން ނެތިދާނެތީ ޓްވީޓްކޮށްލީ ކަމަށެވެ. އަދި ހުރިހާ 'ގައްދާރުން' މަގުމަތީގައި ވާޖަހާ ދަމަންވާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

"މަޖީދީމަގުގައި ހުރިހާ ގައްދާރުން ވާޖަހާ ދަމަން ވާނެ،" ޓްވީޓްގައިވެ އެވެ.

އައްބާސްގެ ޓްވީޓް

ފުލުހުން ބުނީ އެ ޓްވީޓަކީ ފަނޑިޔާރަށް ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާ ޓްވީޓެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ބުނީ އެ މައްސަލަ ނޫނަސް، އެފަދަ ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނަށް އިންޒާރު ދޭ މައްސަލަތައް ސީރިއަސް ގޮތެއްގައި ތަހުގީގު ކުރަމުންދާނެ ކަމަށެވެ.