މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކުރި އިންޑިއާ މީހާގެ އަތުން 100،000 އަށް ވުރެ ގިނަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ފެނިފައިވާކަން އެނގިއްޖެ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކުރި އިންޑިއާ މީހާގެ އަތުން 100،000 އަށް ވުރެ ގިނަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ފެނިފައިވާކަން އެނގިއްޖެ އެވެ.
އަބްދުލްރަގޫބް ނިސްތާރު ހަލީމް ރަހްމާން މި މަހުގެ ތިން ވަނަ ދުވަހު ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާ އެކު، ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައި ވާއިރު އޭނާގެ އަތުން ފެނުނު ފައިސާގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އިއްޔެ އަލުން ކޯޓަށް ގެންދިއުމުން އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ގާޒީ އިބްރާހިމް ޒިހުނީ ވަނީ އަމުރުކުރައްވައިފަ އެވެ.
ހައްޔަރުކޮށްފައިވާ އަބްދުލްރަގޫބްގެ އަތުން ފެނުނު ކަމަށް އެނގިފައިވާ 100،000 އަށް ވުރެ ގިނަ ޑޮލަރަކީ ފުލުހުން ތުހުމަތުކުރާ ގޮތަށް މަނީ ލޯންޑަރިންއާ ގުޅުން ހުރި ފައިސާ ނޫން ކަމަށް އަބްދުލްރަގޫބްގެ ވަކީލް ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން އެއީ ކިހިނެއް ލިބުނު ފައިސާއެއްކަން އަބްދުލްރަގޫބްގެ ފޯނުގައި އެނގެން ހުންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ ފައިސާ ލިބުނު ގޮތުގެ ތަފްސީލް ތަހުގީގަށް ބަޔާން ނަގާއިރު ކިޔައިދޭނެ އެވެ.
ނަމަވެސް ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްދުލްރަގޫބްގެ އަތުން ޑޮލަރު ފެނިފައިވަނީ އޭނާގެ ދަބަހުގައި ފޮރުވާފައި ހުއްޓަ އެވެ. އެއީ އެކި މީހުން އޭނާއާ ހަވާލުކޮށްފައިވާ ފައިސާ ކަމަށް ދޭހަވާ ލިޔުންތަކެއް ހުރި ކަމަށާއި އެކަމަކު އޭނާގެ ޓްރެވަލް ހިސްޓްރީ އަށް ބަލާއިރު ޝައްުކުވާ ކަންކަން ހުރި ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަބްދުލްރަގޫބްގަކީ ވަރަށް ގިނައިން ރާއްޖެއަށް އަންނަ މީހެކެވެ. އޭނާ އާންމު ގޮތެއްގައި، އަންނަ ދުވަހުގެ އަނެއް ދުވަހު ރާއްޖެއިން ފުރައިގެންދާ ކަމަށާއި އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
"ތުހުމަތުކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން، މީނާ އަށް ފައިސާ ލިބިފައިވާ ގޮތް އަދި ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާތީ އާއި މީނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާ ފަދަ އަމަލުތަކެއް ހުރި ކަމަށް ފެންނާތީ، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމީ" ކަމަށް ގާޒީ އަމުރުގައި ލިޔުއްވާފައިވެ އެވެ.
ބަންދު އިތުރުކުރުމާ އެކު ގާޒީ ވަނީ އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ބަޔާން ނަގައި ފައިސާއާ ގުޅޭ ކަންކަން އިތުރަށް ކަށަވަރުކުރުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ދެ ބިދޭސީއަކަށް ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށް
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
ޑްރަގް އެތެރެކުރިި އިންޑިއާ މީހަކު އުމުރަށް ޖަލަށް
ޑޮލަރު ވިއްކި ބިދޭސީ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
މާލީ ކުށްތަކާ ގުޅޭ އިންޑިއާގެ މާހިރުން ރާއްޖެ އަށް
އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ ޕޮލިހަށް
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި