Roadha Mihaaru
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

24 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު، ބަދަލު ހިފުމެއް ފެށުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު، ބަދަލު ހިފުމެއް ފެށުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވި މައްސަލަ ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

އައްބާސް އާދިލް ރިޒާ، އޭނާގެ ޓްވިޓާގައި އިއްޔެ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގެ އެކި ތަންތަނުގައި ރޯކޮށްފައިވާ ފޮޓޯތަކެއް އާންމުކޮށް، އެކަމުގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެފަ އެވެ. އޭރު އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އޭނާ ވަނީ އެ ބަދަލު ހިފުން ފެށުމުގެ ގޮތުން އިންޑިއާ އެމްބަސީން ފަށަން ކިހިނެެއްވާނެތޯ ސުވާލުކޮށްފަ އެވެ.

އިންޑިއާ އެމްބަސީއަށް އަމާޒުކޮށްދޭން ގޮވާލި ޓެރަރިޒަމްގެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބުނީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އިދާރާތަކުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ މިހާތަނަށް ލޮގްކޮށްފައިނުވާ ކަމަށެވެ. އެކަމަކު އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސް ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ފުރުއްވާފައިވާ އައްބާސްގެ އެކައުންޓުން އެފަދަ ޓްވިޓެއް ކުރި މައްސަލައާ ގުޅިގެން އޭނާ ސުވާލުކުރުމުން ބުނެފައި ވަނީ ސޯޝަލް މީޑިއާ ބޭނުން ނުކުރާ ކަމަށެވެ. މީގެ ކުރިން ވެސް އެ އެކައުންޓުގެ ޓްވީޓްތަކުން ހަބަރުތައް ހަދާފައިވިޔަސް އެކަން އޭނާ ދޮގެއް ނުކުރެ އެވެ.