06 ޖޫން 2022
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ ކޮންމެ އަމަލެއް ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ ކޮންމެ އަމަލެއް ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.
"މިގޮތުން، އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވެ އެވެ." އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ބީޖޭޕީގެ ބައެއް އޮފިޝަލުންގެ މި އަމަލުތައް އިންޑިއާ ސަރުކާރުން ކުށްވެރިކޮށް އަދި މިކަމުގައި ހިމެނޭ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަހަށް ފިޔަވަޅު އަޅާފައި ވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ބީޖޭޕީގެ އިސް ދެ ވެރިއަކު ވަނީ ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން
ބީޖޭޕީގެ ތަރުޖަމާނު ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
"އިންޑިޔާގެ ގުޅުމުން ނުރައްކަލެއް ނެތް، ވާނީ ފައިދާ"
"އިންޑިއާ އައުޓް" ގައި ފަތުރަނީ ދޮގު: ސަރުކާރު