Roadha Mihaaru
ޗިޓް ރައްދު ނުކުރެވޭތީ އައްބާސްގެ ޝަރީއަތް ނުފެށުނު

ޗިޓް ރައްދު ނުކުރެވޭތީ އައްބާސްގެ ޝަރީއަތް މިއަދު ވެސް ނުފެށުނު

17 ޖުލައި 2023

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާއަށް ޗިޓް ރައްދު ނުކުރެވޭތީ އޭނާގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ އައްބާސް އާދިލް ރިޒާއަށް ޗިޓް ރައްދު ނުކުރެވޭތީ އޭނާގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފި އެވެ.

ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުވަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރެއްވުމާއި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގަން ކްލަބް ހައުސްގައި ހިތްވަރު ދެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ މީގެކުރިން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ އައްބާސްއަށް ޗިޓް ރައްދު ނުކުރެވޭތީ އޭނާ ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ. މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ އޭނާއަށް ޗިޓް ރައްދު ނުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެ މައްސަލާގައި އައްބާސް ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.