Roadha Mihaaru
ހަ މަސް ނުވަނީސް ސެވިއްޔާއިން އިސްކޯ ދޫކޮށްލައިފި

ދެ އަހަރުގެ ކޮންޓްރެކްޓަށް ހަ މަސް ނުވަނީސް ސެވިއްޔާއިން އިސްކޯ ދޫކޮށްލައިފި

22 ޑިސެމްބަރ 2022

ސެވިއްޔާ (ޑިސެމްބަރު 22) - މިޑްފީލްޑަރު އިސްކޯ އާލާކޮން އާއެކު ސެވިއްޔާއިން ހެދި ދެ އަހަރުގެ އެއްބަސްވުމަށް ހަ މަސް ނުވަނީސް އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެވިއްޔާ (ޑިސެމްބަރު 22) - މިޑްފީލްޑަރު އިސްކޯ އާލާކޮން އާއެކު ސެވިއްޔާއިން ހެދި ދެ އަހަރުގެ އެއްބަސްވުމަށް ހަ މަސް ނުވަނީސް އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލުކޮށްފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށް، ސެވިއްޔާ އަށް ހިލޭ ޓްރާންސްފާގައި ބަދަލުވި އިސްކޯ އެކު އެ ކްލަބުން ޖުލައި މަހު ހެދި އެއްބަސްވުން އިއްޔެ ބާތިލު ކުރީ ދެ ފަރާތް އެއްބަސްވެގެން ކަމަށް ސެވިއްޔާއިން ބުންޏެވެ.

ރެއާލް މެޑްރިޑަށް ނުވަ އަހަރު ކުޅުނު އިސްކޯ އެ ކްލަބްގައި ފަހު ދެތިން އަހަރު އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އޭނާ އަށް ފަހުން ފުރުސަތު ލިބިފައި ވަނީ ވެސް ބެންޗުންނެވެ. ސެވިއްޔާ އަށް އޭނާ ގެންދިޔައީ ސްޕެއިންގެ ގައުމީ ޓީމާއި ރެއާލްގައި ކުރިން އިސްކޯ އަށް ކޯޗުކޮށް ދިން ހޫލިއަން ލެޕޮޓޮގީ ބޭނުން ވުމުންނެވެ.

އެކަމަކު އޮކްޓޯބަރު މަހު ލެޕޮޓެގީ ސެވިއްޔާގެ ކޯޗު ކަމުން ވަކިކޮށް އާޖެންޓީނާގެ ކުރީގެ ކޯޗު ހޯޖޭ ސަމްޕައޮލީ އަށް ސެވިއްޔާގެ ދިން ފަހުން އިސްކޯ ދައުރު ސެވިއްޔާގައި ވެސް ފެނުނީ ކުޑަކޮށެވެ. ސެވިއްޔާ އަށް ކުޅުނު 19 މެޗުގައި އޭނާ ޖެހީ އެއް ލަނޑެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލީގުގެ ހަތަރުވަނައިގައި ނިންމާލި ޓީމަށް މި ސީޒަންގެ ލީގުގައި މޮޅުވީ ދެ މެޗުންނެވެ. އެ ޓީމު އޮތީ 18 ވަނައިގަ އެވެ.