Roadha Mihaaru
ހުށިޔާރު ބޯނޫއަށް ސިޓީ ނުހުއްޓުވުނު، ތަށި ނަގައިފި

ޕެނަލްޓީގައި ހުށިޔާރު ބޯނޫ އަށް ސިޓީ ނުހުއްޓުވުނު، ތަށި ނަގައިފި

17 އޯގަސްޓް 2023

ޕިރޭއުސް، ގްރީސް (17 އޯގަސްޓް) - ޕެނަލްޓީ މަތަކުރުމުގައި ހުށިޔާރު ގޯލްކީޕަރު ޔާސީން ބޯނޫ އަށް، ރޭ ޔޫއެފާ ސުޕަ ކަޕްގެ ޕެނަލްޓީ ޝޫޓްއައުޓްގައި މެންޗެސްޓާ ސިޓީ ނުހުއްޓުވުމުން، އެ ޓީމުން ތަށި ހޯދައިފި އެވެ.

ގްރީސްގެ ކަރައިސްކާކިސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ން އެއްވަރުވެގެންނެވެ. ޕެނަލްޓީޝޫޓްއައުޓްގައި ސިޓީން ކުރި ހޯދީ 5-4 ންނެވެ.

ފުރަތަމަ ހާފް ސެވިއްޔާއިން ނިންމާލީ ލީޑްގައި އޮވެގެންނެވެ. މެޗުގެ 25 ވަނަ މިނެޓްގައި ޔޫސުފް އައް ނަސޭރީ އެ ޓީމަށް ލަނޑު ޖަހައިދިނީ މާކޮސް އަކޫނާ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފުގައި ސިޓީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ކޯލް ޕަލްމާ އެވެ. މެޗުގެ 63 ވަނަ މިނެޓްގައި އޭނާ އަށް ލަނޑު ޖަހަން ތަނަވަސްކޮށް ދިނީ ރޮޑްރީ ހެނާންޑޭޒް އެވެ.

ސިޓީން އުފާފާޅުކުރުމުގެ ތެރެއިން އެ ޓީމުގެ ކޯޗު ގާޑިއޮޅާ (ވ) ސިޓީގެ ފޯވާޑް ހާލަންޑް އަށް ބޮސް ދެނީ --- ފޮޓޯ: އޭއެފްޕީ

ސިޓީން އުފާފާޅުކުރުމުގެ ތެރެއިން އެ ޓީމުގެ ކޯޗު ގާޑިއޮޅާ (ވ) ސިޓީގެ ފޯވާޑް ހާލަންޑް އަށް ބޮސް ދެނީ --- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ހޯޒޭ މޮރީނިއޯގެ ރޯމާއާ ދެކޮޅަށް ޕެނަލްޓީޝޫޓްއައުޓްގައި ސެވިއްޔާ މޮޅުކޮށް ދިނުމުގައި ރޯމާގެ ދެ ޕެނަލްޓީ ހުއްޓުވި ބޯނޫ އަށް ރޭ މެޗުގެ ޕެނަލްޓީޝޫޓްއައުޓްގައި ސިޓީގެ އެންމެ ޕެނަލްޓީއެއް ވެސް ދިފާއު ނުކުރެވުނެވެ.

ސިޓީ އަށް ތަށި ޔަގީންވީ، ސެވިއްޔާގެ އެންމެ ފަހު ޕެނަލްޓީ ނަމެންޔާ ގުޑެލް އަށް ނާކާމިޔާބުވުމުންނެވެ. އޭނާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސުޕަ ކަޕްގެ ކާމިޔާބާ އެކު، މެންޗެސްޓާ ސިޓީން ވަނީ ޔޫރަޕްގެ މަތީފަންތީގެ ފުޓްބޯޅައިގެ ދެ ތަށި ވެސް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު އެ ޓީމުން ކާމިޔާބު ކުރީ ފައިނަލުގައި އިންޓަ މިލާން ބަލި ކުރުމަށް ފަހު އެވެ.