Roadha Mihaaru
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ

ގާޑިއޯލާ ޓީމު ދޫކޮށްލިޔަސް ސިޓީގެ ގޮތުގައި ސިޓީން ކުރިއަށްދާނެ: ރޮޑްރީ

13 ނޮވެމްބަރ 2024

މެންޗެސްޓާ (ނޮވެމްބަރު 13) – ކޯޗު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ ދޫކޮށްލިޔަސް، ސިޓީގެ ގޮތުގައި ސިޓީން ކުރިއަށްދާނެ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ހެނާންޑޭޒް ބުނެފި އެވެ. ސިޓީއާ އެކު ގާޑިއޯލާ މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އެއްބަސްވުން އާ ކުރުމާ ބެހޭގޮތުން ގާޑިއޯލާ ވެސް އަދި އެ ކްލަބުން ވެސް މިހާތަނަށް ސާފު ޖަވާބެއް ނުދެ އެވެ. ފްރާންސްގެ ފުޓްބޯލްއިން ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ހޯދި ރޮޑްރީ ބުނީ އޭނާ ސިޓީ އަށް ބަދަލުވި ސީޒަންގައި ވެސް ގާޑިއޯލާ އެ ކްލަބް ދޫކޮށްލާނެ ވާހަކަ އޭރު ވެސް ދެކެވިފައި އޮތް ކަމަށެވެ. ނަމަވެސް އޭރު ވެސް އޭނާ ޓީމުގައި މަޑުކުރާނެ ކަމުގެ އުއްމީދު ސިޓީގެ އެތެރޭގައި އޮތް ކަމަށް ސްޕެއިންގެ މިޑްފީލްޑަރު ބުންޏެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ މޮޅެތި މީހުންގެ ވަށައިގެން އުޅެން. ކުރިން ވެސް އަދި ފަހުން ވެސް ގާޑިއޯލާ އަކީ މޮޅު ކޯޗެއް. އަހަރެން މި ޓީމަށް ސޮއި ކުރި އިރު (ކްލަބްގެ ބައެއް މީހުން) އަހަރެން ކައިރީގައި ބުނި ގާޑިއޯލާ ޓީމު ދޫކޮށްލަނީއޭ. އެކަމަކު އޭނާ އަކީ ވަރަށް އުއްމީދު އޮތް ކޯޗެކޭ،" އެތުލެޓިކޯ މެޑްރިޑުން 2019 ގައި ސިޓީ އަށް ބަދަލުވި ރޮޑްރީ، ސްޕެއިންގެ ކޯޕް ރޭޑިއޯ އަށް ދިން އިންޓަވިއުގައި ބުންޏެވެ.

"ގާޑިއޯލާ ހިނގައްޖެނަމަ ކަންކަން ބަދަލުވެދާނެ. އެކަމަކު ސިޓީގެ ގޮތުގައި ސިޓީން ކުރިއަށްދާނެ."

އެއްބަސްވުން އާ ކުރުމާ ބެހޭގޮތުން އަދި މިހާތަނަށް ގާޑިއޯލާ ވާހަކަ ނުދެއްކިނަމަވެސް، ސިޓީގައި އޭނާ މަޑުކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބްގެ ވެރިންނަށް އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.