07 ސެޕްޓެމްބަރ 2022
ގްލާސްގޯ (ސެޕްޓެމްބަރު 9) – އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭގެ ކުރީ ސީޒަނުގެ ރަނަރަޕް މެންޗެސްޓާ ސިޓީ އިން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެ، މޮޅު ވެއްޖެ އެވެ.
ގްލާސްގޯ (ސެޕްޓެމްބަރު 9) – އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭގެ ކުރީ ސީޒަނުގެ ރަނަރަޕް މެންޗެސްޓާ ސިޓީ އިން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެ، މޮޅު ވެއްޖެ އެވެ.
ސްކޮޓްލެންޑުގެ ޗެމްޕިއަން ސެލްޓިކާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނެވެ.، މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން 3-0 އިންނެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ރެއާލް އަށް ފުރަތަމަ ލަޑު ޖަހައިދިނީ ކައުންޓާ އެޓޭކެއްގައި ފެޑެރީކޯ ވަލްވާޑޭ ދިން ބޯޅައަކުން ވިނީޝިއުސް ޖޫނިއާ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ލޫކާ މޮޑްރިޗް ފޮނުވާލި ބާރު ހަމަލާއަކުން ރެއާލުން ލީޑު ފުޅާ ކުރި އެވެ. މޮޑްރިޗް ވަނީ ދެވަނަ ހާފުގައި ރެއާލް ކޮޅަށް ނަތީޖާ އަނބުރާލަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރެއާލް މެޑްރިޑުގެ މޮޑްރިޗް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕޯ
މެޗުގެ 77 ވަނަ މިނިޓުގައި ރެއާލްގެ ތިންވަނަ ލަނޑު، ޑެނީ ކާވަހާލްގެ ޕާހަކުން ޖެހީ އެޑެން ހަޒާޑެވެ. ހަޒާޑް ކުޅެން އެރީ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓުގައި، ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ކެޕްޓަން ކަރީމް ބެންޒެމާ އަށް އަނިޔާ ވެގެން ބަދަލުކުރަން ޖެހުމުންނެވެ.
ފުރަތަމަ ހާފުގައި ސެލްޓިކުން މޮޅަށް ކުޅުނު އިރު، ގިނަ ހަމަލާތެކެއް ފޮނުވާލި އެވެ. އަދި އެޓީމުގެ ކެލަމް މެގްރޭގާ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައި ވެސް ޖެހުނެވެ.
ރެއާލް އާއި ސެލްޓިކް ހިމެނެނީ ޖަރުމަންގެ އާރުބީ ލައިޕްޒިގާއި ޔޫކްރޭނުގެ ޝަކްތާރު ޑޮނެސްކާ އެކު ގުރޫޕް އެފްގަ އެވެ.
ލައިޕްޒިގާއި ޝަޚްތާރު ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބު ކުރީ ޝަކްރާރެވެ. ފުރަތަމަ ހާފުގައި ޝަކްތާރުގެ މަރިއަން ޝްވެދް ލީޑު ނަގައިދީފައި ވަނިކޮށް، ލައިޕްޒިގުން ނަތީޖާ އެއްވަރުކުރީ 57 ވަނަ މިނިޓުގައި މުހައްމަދު ސިމަކަން ޖަހައިދިން ލަނޑުންނެވެ.
އެހެން ނަމަވެސް މިނިޓެއް ތެރޭ ޝްވެދް ވަނީ ދެވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދީފަ އެވެ. ޝަކްތާރުގެ ފަހު ދެ ލަނޑު ޖެހީ މިކައިލޯ މުޑްރީކާއި ލަސިއާނާ ޓްރައޯރޭ އެވެ.
މެންޗެސްޓާ ސިޓީ އިން ފުރަތަމަ މެޗު ކުޅުނީ ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށެވެ. ސިޓީ އިން ވަނީ ސްޕެއިންގައި ކުޅުނު މި މެޗް ފަސޭހަ ކަމާ އެކު 4-0 އިން ކާމިޔާބު ކޮށްފަ އެވެ.
މެޗު ކާޟިޔާބު ކުރުމަށް ފަހު، ހާލަންޑާއި ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ކެވިން ޑިބްރޭނާ ހުރަސްކޮށްލި ބޯޅައަކުން 20 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. ދެވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓުގައި ފިލް ފޮޑެން ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރުމުން ރީބައުންސް ވެފައި އައި ބޯޅައަކުންނެވެ.
ހާލަންޑް ވަނީ އޭނާ ޗެމްޕިއަންސް ލީގު ކުޅުނު ތިން ޓީމާ އެކު؛ ބޮ، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައިފަ އެވެ. މީގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ރެޑްބުލް ސަލްޒްބާގާ އެކު ވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި އެވެ. މިރޭ ޖެހި ދެ ލަނޑާ އެކު ހާލަންޑް ވަނީ މި ސީޒަނުގައި ސިޓީއަށް ބަދަލުވެ، ކުޅުނު އަށް މެޗުން 12 ގޯލު ހަމަކޮށްފަ އެވެ.
ހާލަންޑްގެ ދެވަނަ ލަނޑު ޖެހުމުގެ ކުރިން 58 ވަނަ މިނިޓުގައި ފޮޑެން ވަނީ ޔާއޯ ކަންސެލޯ ދިން ބޯޅައެއްގައި ސެވިއްޔާ ކުޅުންތެރިއެއް ކައިރިން ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެން އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ގޯލު ކާމިޔާބު ކޮށްފަ އެވެ.
ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކަންސެލޯ ނަގައިދިން ހުރަހަކުން ޖެހީ ޑިފެންޑަރު ރުބެން ޑިއާޒް އެވެ.
ސިޓީ އަދި ސެވިއްޔާ އާއެކު ޗެމްޕިއަންސް ލީގު ގުރޫޕް ޖީ ގައި ހިމެނޭ ގަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާއި ޑެންމާކުގެ އެފްސީ ކޯޕަންހޭގަން ބައްދަލުކުރި މެޗު 3-0 އިން ކާމމިޔާބުކުރީ ޑޯޓްމަންޑެވެ.
ޑޯޓްމަންޑުން މެޗުގައި ޖެހި ފުރަތަމަ ލަނޑު 32 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މާކޯ ރޮއިސް އެވެ. އަދި 42 ވަނަ މިނިޓުގައި ރަފައޭލް ގުރޭރޯ ވަނީ އިތުރު ލަނޑެއް ޖަހައި، ހާފް ނިމުމުގެ ކުރިން ލީޑު ފުޅާ ކޮށްދީފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ޑޯޓްމަންޑުގެ ތިންވަނަ ލަނޑު ޖަހައިދިނީ ޖޫޑް ބެލިންހަމް އެވެ. އޭނާ މި ލަނޑު ޖެހީ މިޑްފީލްޑަރު ޖިއޮވާނީ ރޭނާ ހުރަސްކޮށްލި ބޯޅައަކުންނެވެ.
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ރެއާލް ބަލިކޮށް ސިޓީން ފައިނަލާ ގާތަށް
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ފޯމް ގެއްލުނީ އަނިޔާ އާއި ސަސްޕެންޝަނާހެދި: ބެލިންހަމް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި