Roadha Mihaaru
ޑިފެންޑަރުގެ ބޮލުގައިޖެހުމުން ސެވިއްޔާ ޑާބީ ހުއްޓުވައިފި

ޑިފެންޑަރުގެ ބޮލުގައި އެއްޗަކުން ޖެހުމުން ސެވިއްޔާ މެޗު ހުއްޓުވައިފި

16 ޖެނުއަރީ 2022

ސެވިއްޔާ (ޖެނުއަރީ 16) - ރެއާލް ބެޓިސް އިން ނަތީޖާ ހަމަހަމަކުރި ވަގުތު، ސެވިއްޔާގެ ޑިފެންޑަރު ޖޯން ޖޯޑަންގެ ބޮލުގައި ސަޕޯޓަރަކު އެއްލި އެއްޗަކުން ޖެހުމުން މެޗު ހުއްޓުވައިފި އެވެ.

ސެވިއްޔާ (ޖެނުއަރީ 16) - ރެއާލް ބެޓިސް އިން ނަތީޖާ ހަމަހަމަކުރި ވަގުތު، ސެވިއްޔާގެ ޑިފެންޑަރު ޖޯން ޖޯޑަންގެ ބޮލުގައި ސަޕޯޓަރަކު އެއްލި އެއްޗަކުން ޖެހުމުން މެޗު ހުއްޓުވައިފި އެވެ.

ކޮޕަ ޑެލްރޭގެ ގަދަ 16 ގައި، ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗުގެ 39 ވަނަ މިނިޓްގައި ނަބީލް ފެކީރް، ބެޓިސް އަށް ނަތީޖާ ހަމަހަމަކޮށް ދިނުމުން ގޯލް ފުރަގަހުގައި ހުންނަ ސްޓޭންޑެއްގައި ހުރި ސަޕޯޓަރަކު ވަނީ، ޖޯޑަންގެ ބޮލުގައި އެއްޗެއް އެއްލައި ޖަހައިފަ އެވެ.

ޖޯޑަން ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. މެޗު ވެސް ހުއްޓާލި އެވެ. އެކަމަކު އޭގެ ފަހުން އޭނާ ތެދުވި އެވެ. އަދި އެހީތެރިޔަކާ އެކު ހިނގާލާފައި ދަނޑުން ފޭބި އެވެ. މެޗު މެދުކަނޑާލިތާ 20 މިނެޓް ފަހުން ރެފްރީ ވަނީ މެޗު އިތުރަށް ކުރިއަށް ނުގެންދާން ނިންމައިފަ އެވެ. އޭގެ ފަހުން ޖޯޑަން ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ފަރުވާދިނެވެ.

ޖޯޑަންގެ ބޮލުގައި އެއްޗަކުން ޖެހުުމުން މެޗު ވަނީ ހުއްޓާލާފަ

ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަނުން ބުނީ ދަނޑުގައި ހިނގި ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ސެވިއްޔާއިންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ޕައު ގޯމޭޒް އެވެ.

ސްޕެއިންގެ އެއް ސިޓީ އަކަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އަބަދުވެސް އެންމެ ހޫނު މެޗަކަށް ވަނީ، ސެވިއްޔާ އާއި ބެޓިސް ކުޅޭ މެޗުތަކެވެ. މިދެ ޓީމު 2007 ގައި ކުޅުނު މެޗެއްގައި، ބެޓިސްގެ ސަޕޯޓަރަކު އެއްލި އެއްޗަކުން، ސެވިއްޔާގެ އޭރުގެ ކޯޗު ހުއަންޑޭ ރާމޯސްގެ ބޮލުގައި ޖެހުމުން އޭނާގެ ހެއަށް ވެސް ގޮތްވި އެވެ.