Roadha Mihaaru
ބޮޑު ހިތްދަތިކަން ސެވިއްޔާއަށް، އެއަށްފަހު ޔުނައިޓެޑަށް

އެންމެ ބޮޑު ހިތްދަތިކަމެއް ސެވިއްޔާ އަށް، އެއަށްފަހު ޔުނައިޓެޑަށް

13 ޑިސެމްބަރ 2023

ލެންސް، ފްރާންސް (ޑިސެމްބަރު 13) - ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު އަދި ފަހު ޗެމްޕިއަން ސެވިއްޔާ، ފްރާންސްގެ ލެންސް އަތުން 2-1 ން ބަލިވެ ޔޫރޮޕާ ލީގުން ވެސް ފުރުސަތުގެއްލިއްޖެ އެވެ.

ލެންސް، ފްރާންސް (ޑިސެމްބަރު 13) - ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު އަދި ފަހު ޗެމްޕިއަން ސެވިއްޔާ، ފްރާންސްގެ ލެންސް އަތުން 2-1 ން ބަލިވެ ޔޫރޮޕާ ލީގުން ވެސް ފުރުސަތުގެއްލިއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓާ ޓީމުތަކުގެ ތެރެއިން، ގުރޫޕްގެ ތިންވަނަ ހޯދާ ޓީމަށް ޔޫރޮޕާ ލީގުގެ އަނެއް ބުރުން ޖާގަ ލިބޭނެ އެވެ. އާސެނަލް އާއި ޕީއެސްވީ ހިމެނޭ އެ ގުރޫޕްގެ ފުލަށް ސެވިއްޔާ ދިއުމުން، ޔޫރަޕު މުބާރާތުގެ އެއް ވެސް ޖާގައެއް އެ ޓީމަކަށް ނުލިބުނެވެ.

ލެންސްއިން ސެވިއްޔާ ބަލިކޮށް އެ ޓީމު ވަނީ ތިންވަނަ ހޯދައި ޔޫރޮޕާ ލީގުން ޖާގަ ހޯދައިފަ އެވެ.

ޔޫރަޕުގެ އެއް ވެސް މުބާރާތަކުން ފުރުސަތު ނުލިބި ޗެމްޕިއަންސް ލީގުން ކެޓި އަނެއް ޓީމަކީ، މެންޗެސްޓާ ޔުނައިޓެޑެވެ.

ރޭ އޯލްޑް ޓްރަފޯޑްގައި ބެޔާން މިޔުނިކް އަތުން ބަލިވެ، ޔުނައިޓެޑް ދިޔައީ ގުރޫޕް އޭ ފުލަށެވެ. އެ ގުރޫޕްގައި ޔުނައިޓެޑަށް ވުރެ މަތިން ނިންމި އަނެއް ދެ ޓީމަކީ ކްލަބްގެ ވެލިއު އާއި ކުޅުންތެރިންނަށް ބަލާއިރު އެ ކްލަބަށް ވުރެ ފަހަތުގައި އޮތް ޓީމުތަކެވެ.

އެ ގުރޫޕްގެ ދެވަނަ ހޯދީ ޑެންމާކުގެ ކޯޕެންހޭގަން އެވެ. ތިންވަނަ ހޯދީ ތުރުކީގެ ގަލަތަސަރާއީ އެވެ.