04 އޮކްޓޯބަރ 2023
މެންޗެސްޓާ (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި 30 އަހަރު ކުރިން ލިބުނު ހިތްދަތިކަމަށް ބަދަލުހިފަން ނުކުތް މެންޗެސްޓާ ޔުނައިޓެޑަށް މިފަހަރު ވެސް ގަލަތަސަރާއީން ބޮނޑިއެއް ދީފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި 30 އަހަރު ކުރިން ލިބުނު ހިތްދަތިކަމަށް ބަދަލުހިފަން ނުކުތް މެންޗެސްޓާ ޔުނައިޓެޑަށް މިފަހަރު ވެސް ގަލަތަސަރާއީން ބޮނޑިއެއް ދީފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި 1993 ގެ މުބާރާތުން، ޔުނައިޓެޑް ކަޓުވާލީ ގަލަތަސާރާއީ އެވެ. އޭރު އަވޭގޯލްގެ ފައިދާއިން ޔުނައިޓެޑަށް ދިން ދެރަ ހަނދާން ނައްތާލެވޭ ގޮތެއް ރޭގެ މެޗުގައި ވެސް ނުވި އެވެ. ގަލަތަސަރާއީން ރޭ ވަނީ އޯލްޑްޓްރަފާޑްގައި 3-1 ން ޔުނައިޓެޑް ބަލިކޮށް ހެޔޮވަރުގެ ލަގާއެއް ދީފަ އެވެ.
ރަސްމުސް ހޮލިއުންޑް ދެ ފަހަރަށް ޔުނައިޓެޑަށް ލިޑް ނަގައިދިން އިރު ވެސް ގަލަތަސަރާއީން ނަތީޖާ ހަމަހަމަ ކުރި އެވެ.
މެޗަށް ފަހު ގަލަތަސަރާއީ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑަށް ލީޑް ނަގައިދީފައި ވަނިކޮށް ގަލަތަސަރާއީ އަށް ފުރަތަމަ ނަތީޖާ ހަމަހަމަކޮށް ދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ވިލްފްރެޑް ޒަހާ އެވެ. ދެވަނަ ހާފުގައި އަނެއްކާ ވެސް ހޮލިއުންޑް ލީޑް ނެގި އެވެ. އޭގެ ހަތަރު މިނެޓް ފަހުން މުހައްމަދު ކާރިމް އަކްތުރުކޮގްލޫ ގަލަތަސަރާއީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ގަލަތަސަރާއީ މޮޅުކޮށް ދިން ލަނޑު މައުރޯ އިކާޑީ ޖެހީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ.
މި ގުރޫޕްގައި ޔުނައިޓެޑް ކުޅުނު ދެ މެޗުން ވެސް ބަލިވުމުން، ދެވަނަ ބުރަށް ދިއުމުގެ އުންމީދު އެ ޓީމަށް ވަނީ ފަނޑުވެފަ އެވެ. ފުރަތަމަ މެޗުގައި ބެޔާން މިޔުނިކް އަތުން ޔުނައިޓެޑް ބަލިވީ 4-3 ންނެވެ. ބެޔާން ވަނީ ރޭ ރަށުން ބޭރުގައި 2-1 އިން ކޯޕަންހޭގަން ބަލިކޮށްފަ އެވެ. ގަލަޓަސަރާއީ އާއި ކޯޕަންހޭގަން ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރު ވެފަ އެވެ.
އެރިކް ޓެން ހަގްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް މި ސީޒަންގައި ނެރެމުންދާ ނަތީޖާ ތަކަކީ މި ފަހުގެ ތާރީހުގައި އެ ޓީމުން ސީޒަން އެންމެ ދަށްކޮށް ފެށި އަހަރެވެ. މީގެ ކުރިން މިހާ ދަށް ފެށުމެއް ޔުނައިޓެޑަށް ކުރިމަތިލާން ޖެހުނީ 1989 ގެ ސީޒަންގަ އެވެ.
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބޮޑު ހިތްދަތިކަން ސެވިއްޔާއަށް، އެއަށްފަހު ޔުނައިޓެޑަށް
އިސްތަންބޫލްގައި ޔުނައިޓެޑަށް ބިރުވެރި ހުވަފެނެއް
މެގުއާ އާއި އޮނާނާ މަލާމާތުގެ އަނގަތައް ބަންދުކޮށްފި
އޮނާނާ ޒިންމާ ނަގައިފި؛ ޓީމު ދަށްވީ އަހަންނާ ހެދި
ޔުނައިޓެޑް ކެޓުމުން ރަންގްނިކަށް ގޯސްވީ ރެފްރީ
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމްގެ ނިންމުން؛ 16 އަހަރުގެ ޑިފެންޑަރު ޓީމަށް