Roadha Mihaaru
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ

ސިޓީ އާއި ޔުނައިޓެޑަށް ޔޫރަޕްގެ މުބާރާތުގައި ކުޅުން މަނާކޮށްފާނެ

25 މާޗް 2024

މެންޗެސްޓާ (މާޗް 25) – އަންނަ ސީޒަނުގައި ޔޫއެފާގެ މުބާރާތްތަކުގައި ކުޅުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް މަނާކޮށްފާނެ ކަމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

މެންޗެސްޓާ (މާޗް 25) – އަންނަ ސީޒަނުގައި ޔޫއެފާގެ މުބާރާތްތަކުގައި ކުޅުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް މަނާކޮށްފާނެ ކަމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ގަވާއިދު ބުނާ ގޮތުން އެއް އޯނާޝިޕެއް އޮންނަ ދެ ޓީމަކަށް އެއް މުބާރާތެއްގައި ނުކުޅެވޭނެ އެވެ.

ސަބަބަކީ ސެ ކްލަބްގެ އޯނަރުން ވެސް އެހެން ލީގެއްގައި ހަމަ އެއް މުބާރަތަކަށް ކޮލިފައިވާނެ ކަމަށް ބެލެވިފައި ވުމެވެ. ޔުނައިޓެޑެކޭ އެއްގޮތަށް އެ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފްގެ ހިއްސާ އޮންނަ ފްރާންސްގެ ނީސް ވެސް އޮތީ ޔޫރޮޕާ ލީގުގެ ޖާގަ އެއް ހޯދުމާ ކައިރީގަ އެވެ.

ނީސްގެ މިލްކުވެރިކަމުގެ ކޮންޓްރޯލް އޮންނަނީ ރެޓްކްލިފްގެ އިނިއޯސް ކުންފުނީގެ އަތުގަ އެވެ.

ދެ ޓީމު ވެސް ޕްރިމިއާ ލީގާއި ފްރެންޗް ލީގުގައި އޮތީ ޔޫރޮޕާ ލީގުގެ ޖާގައެއް އަތުވާ ހިސާބުގަ އެވެ. ޔުނައިޓެޑް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ފްރާންސް ލީގުގައި ނީސް އޮތީ ފަސް ވަނައިގަ އެވެ.

މި އަދަބު ސިޓީ އަށް ވެސް ކުރިމަތި ވެދާނެ ކަމަށް ބެލެވެ އެވެ.

ސިޓީ ފުޓްބޯޅަ ގުރޫޕްގެ ދަށުން ހިންގާ، ޖިރޯނާ އަށް ސްޕެނިޝް ލީގުން ޗެމްޕިއަންސް ލީގު ޖާގަ ލިބިއްޖެނަމަ، ސިޓީ އާއި ޖިރޯނާގެ ތެރެއިން ކޮންމެ ވެސް އެއް ކްލަބަކަށް ޖެހޭނީ ޔޫއެފާގެ އަދަބާ ކުރިމަތިލާށެވެ.

ދެ ޓީމު މިހާރު ވެސް އޮތީ ވާދަ ކުރާ ދެ ލީގުގެ ތިންވަނައިގަ އެވެ. އެ މަގާމުގައި އޮވެގެން ލީގު ނިންމާލިޔަސް ދެ ޓީމަށް ވެސް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭނެ އެވެ.