16 ޑިސެމްބަރ 2022
ވާސޯ (ޑިސެމްބަރު 16) - ޔޫކްރޭންގެ ފުލުހުންނާއި ޕޮލެންޑްގެ ފުލުހުންނާ ދެމެދު ގުޅުން ގާއިމު ކުރުމަށް، ޕޮލެންޑްގެ ފުލުހުންގެ ވެރިޔާ ޖާސްލާވް ޒިމްޗިކް އަށް ދިން ހަދިޔާއެއް ގޮވައި، އޭނާ ޒަހަމް ވެއްޖެ އެވެ.
ވާސޯ (ޑިސެމްބަރު 16) - ޔޫކްރޭންގެ ފުލުހުންނާއި ޕޮލެންޑްގެ ފުލުހުންނާ ދެމެދު ގުޅުން ގާއިމު ކުރުމަށް، ޕޮލެންޑްގެ ފުލުހުންގެ ވެރިޔާ ޖާސްލާވް ޒިމްޗިކް އަށް ދިން ހަދިޔާއެއް ގޮވައި، އޭނާ ޒަހަމް ވެއްޖެ އެވެ.
ޒިމްޗިކް އަށް ލިބުނީ ކުދި ޒަހަމްތަކެއް ކަމަށް ވިޔަސް އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އެ ހާދިސާގައި ފުލުހުންގެ ޖޫނިއާ އޮފިޝަލަކަށް ވެސް ކުދިކުދި ހާނިއްކަތަކެއް ވި އެވެ. އެކަމަކު އޭނާ ހޮސްޕިޓަލަށް ގެންދާ ވަރުގެ ޒަހަމްތަކެއް ނުވާ ކަމަށް ޕޮލެންޑްގެ ފުލުހުން ބުންޏެވެ.
ޒިމްޗިކް، މި މަހުގެ 11-12 އަށް ޔޫކްރޭނަށް ރަސްމީ ހައްސިއްޔަތުން ދަތުރެއް ކުރެއްވި އެވެ. އެ ދަތުރުގައި ޔޫކްރޭންގެ ފުލުހުންގެ އިދާރާގެ އޮފިޝަލުނާނާ ބައްދަލު ކުރައްވައި ހަދިޔާ ބަދަލު ކުރެއްވި އެވެ.
"އިއްޔެ ހެނދުނު 7.50 ހާއިރު ފުލުހުންގެ އިސްވެރިޔާގެ އޮފީހާ ޖެހިގެން ހުރި ކޮޓަރިއެއްގައި ގޮވުމެއް ގޮވި،" ޑިސެމްބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު ޔޫކްރޭނަށް ކުރެއްވި މަސައްކަތުގެ ދަތުރުގައި ޗީފް ޕޮލިސް އަށް ލިބުނު އެއް ހަދިޔާ ގޮވި،" ޕޮލެންޑްގެ ފުލުހުން ނެރުނު ބަޔާނެއްގައި ވެ އެވެ.
ޕޮލެންޑްގެ ހޯމް މިނިސްޓްރީން ބުނިގޮތުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް ސާފު ކުރުމަށް ޔޫކްރޭންގެ ކިބައިން އެދިފައި ވާނެ އެވެ.
ޔޫކްރޭންއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމަކީ ޕޮލެންޑެވެ. ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެންމެ ފުރަތަމަ ހުށަހެޅި ގައުމަކީ ވެސް ޕޮލެންޑެވެ.
މޯދީ ޔުކްރެއިނާއި ޕޮލެންޑަށް ވަޑައިގަންނަވަނީ
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ބައިޑެން ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރު
ޔޫކްރޭނުން އުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފަށަން
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ޔޫކްރޭންގެ ރެފިއުޖީންގެ އަދަދު ހަތަރު މިލިއަނަށް
ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް
ޔޫރަޕްގެ ވެރިންތަކެއް ކިޔޭވް އަށް
ޕޮލެންޑުގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ ދެކޮޅު
ޔޫކްރޭނުން މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ނުކުމެއްޖެ