31 މާޗް 2022
ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރެފިއުޖީންގެ ގޮތުގައި ޔޫކްރޭން ދޫކޮށް އެހެން ގައުމުތަކަށް ދިޔަ މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް އދ. އިން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރެފިއުޖީންގެ ގޮތުގައި ޔޫކްރޭން ދޫކޮށް އެހެން ގައުމުތަކަށް ދިޔަ މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް އދ. އިން ބުނެފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ހަނގުރާމަ ފެށީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިވީ ފަސް ހަފުތާގެ ތެރޭގައި ޔޫކްރޭން ދޫކޮށް ހަތަރު މިލިއަން މީހުން ނުކުމެފައިވާއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީންނަށް ވެގެން ދިޔަ ފުރަތަމަ ފަހަރެވެ.
އިއްޔެގެ ނިޔަލަށް ރެފިއުޖީންގެ ގޮތުގައި، 4019287 މީހުން ޔޫކްރޭން ދޫކޮށް އެކި ގައުމުތަކަށް ދިޔަ އިރު އޭގެ ތެރެއިން 2.3 މިލިއަން ރެފިއުޖީން ދިޔައީ އެ ގައުމުގެ ހުޅަނގުން އިންވެގެން އޮތް ޕޮލެންޑަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ވެސް ހިމެނެ އެވެ.
ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަންގެ ވެރިޔާ ފިލިޕޯ ގްރާންޑޭ ވިދާޅުވި ގޮތުގައި ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނާއި ރެފިއުޖީންނަށް އެހީވުމުގެ މަސައްކަތް ފުޅާކުރުމާ ބެހޭ، އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާ އެކުގައި މަޝްވަރާ ކުރުމަށް މިއަދު ޔޫކްރޭނަށް ވަޑައިގަންނަވާނެ އެވެ.
Refugees from Ukraine are now 4 million, five weeks after the start of the Russian attack.
— Filippo Grandi (@FilippoGrandi) March 30, 2022
I have just arrived in Ukraine.
In Lviv I will discuss with the authorities, the UN and other partners ways to increase our support to people affected and displaced by this senseless war.
ރެފިއުޖީންނާ ބެހޭ އދ.ގެ ހައި ކޮމިޝަންގެ ސީނިއާ އިމަޖެންސީ ކޯޑިނޭޓާ އެލެކްސް މުންޑްޓް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ރައްޔިތުންނަށް މެދުވެރިވެފައިވަނީ ވަރަށް ހިތާމަވެރި ހާލަތެކެވެ. މަސްދުވަސް ތެރޭގައި ހަތަރު މިލިއަން މީހުން ގެދޮރުން ފައްސާލެވި އެމީހުންގެ އާއިލާތަކާ ވަކިކޮށްލެވި އެމީހުންގެ މުޖްތަމައާ ދުރުކޮށްލުމަކީ ވަރަށް ވޭންދެނިވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ އިންސާނީ ތާރީހުގައި ވެސް މިހާ ހަލުވި މިނެއްގައި ރެފިއުޖީންގެ ގޮތުގައި ބަޔަކު ގައުމު ދޫކޮށް ނުކުންނަން ޖެހުނު ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގައި ހަނގުރާމަ ފެށުމާ އެކު އެ ގައުމުގެ 18-60 އަހަރުގެ ކޮންމެ ފިރިހެނަކީ ހަނގުރާމައިގައި ބައިވެރިވާންޖެހޭނެ މީހެއް ކަމަށް ކަނޑައަޅައި، ގައުމު ދޫކޮށް ދިއުން މަނާކުރުމާ ގުޅިގެން، ރެފިއުޖީންގެ ގޮތުގައި ނުކުތް މީހުންގެ 90 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކުޑަކުދިންނާ ބެހޭ އދ.ގެ އިދާރާ ޔުނިސެފުން ބުނި ގޮތުގައި ޔޫކްރޭންގެ 7.5 މިލިއަން އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް އެކި ތަންތަނަށް ވިއްސިވިހާލިވެފަ އެވެ.
ތި ހަނގުރާމަ ކާމިޔާބެއް ނުވާނެ ހުއްޓައިލާ: ގުޓަރޭސް
ހަނގުރާމަތަކުން 100 މިލިއަން މީހުން ހާލުގައި
ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން
ޔޫކްރޭންގެ 4.8 މިލިއަން ކުޑަކުދިން ވިއްސިވިހާލިވެއްޖެ
ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް
ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރުކޮށްފި
ޕޮލެންޑުގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ ދެކޮޅު
ފެނެއް ކަރަންޓެއް ނެތް، ހަށިތައް ނެގޭކަށް ވެސް ނެތް
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ