12 އެޕްރީލް 2023
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހުޅަނގުގެ ބައެއް ގައުމުތަކުގެ ސްޕެޝަލް ފޯސް (ޚާއްސަ ފައުޖު)ގެ ސިފައިން، ޔޫކްރޭން ސިފައިންނާ އެކުގައި ޔޫކްރޭންގައި ހަނގުރާމަ ކުރަމުންދާ ކަން ފަޅާ އަރައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހުޅަނގުގެ ބައެއް ގައުމުތަކުގެ ސްޕެޝަލް ފޯސް (ޚާއްސަ ފައުޖު)ގެ ސިފައިން، ޔޫކްރޭން ސިފައިންނާ އެކުގައި ޔޫކްރޭންގައި ހަނގުރާމަ ކުރަމުންދާ ކަން ފަޅާ އަރައިފި އެވެ.
ހުސްވި މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ސޯޝަލް މީޑިއާގައި ކޮންމެވެސް ބަޔަކު ފަޅާއަރުވާލަމުން ދިޔަ، އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކުން އެނގޭ ގޮތުގައި، ޔޫކްރޭންގައި ހަނގުރާމަ ކުރާ ޚާއްސަ ފައުޖުގެ ސިފައިންގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސިފައިން ހިމެނެ އެވެ. އަދި ރަޝިޔާއާ ކައިރީގައި ހުރި ބައެއް ގައުމުތަކުގެ ޚާއްސަ ސިފައިން ވެސް ޔޫކްރޭންގައި ދަނީ ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވަމުންނެވެ.
ހުސްވި މާޗް މަހުގެ 23 ވަނަ ދުވަހު އެމެރިކާ ސަރުކާރުން ތައްޔާރުކުރި، އަދި މިހާރު ފަޅާއަރާފައިވާ ސިއްރު ލިޔުމަކުން އެނގޭ ގޮތުގައި، އިނގިރޭސި ޚާއްސަ ފައުޖުގެ 50 ސިފައިން ޔޫކްރޭންގައި މިހާރު ވެސް އެބަ ތިއްބެވެ. އޭގެ އިތުރުން ލެތުވިއާގެ 17 ސިފައިންނާއި، ފަރަންސޭސި ވިލާތުގެ 15 ސިފައިންނާއި އެމެރިކާގެ 14 ސިފައިންނާއި ނެދަލޭންޑްގެ އެކަކު ޔޫކްރޭންގައި ހަރަކާތްތެރިވަމުންދެ އެވެ.
މި އަދަދުތަކުން އެނގެނީ ނޭޓޯގެ އެކި ގައުމުތަކުގެ ޚާއްސަ ފައުޖުގެ 97 ސިފައިން ޔޫކްރޭންގައި މިހާރު ވެސް އެބަ ތިބި ކަމެވެ. ނަމަވެސް، އެ ސިފައިން ތިބީ ޔޫކްރޭންގެ ކޮން ހިސާބުތަކެއްގައި ކަމެއް، އަދި އެމީހުންގެ ޒިންމާއަކީ ކޮބައިކަމެއް، ފަޅާއަރާފައިވާ ލިޔުންތަކުން ނޭނގެ އެވެ.
ސޯޝަލް މީޑިއާގައި ފަޅާއަރުވާލާފައިވާ ސިއްރު ލިޔުންތަކަކީ، ހަގީގީ ލިޔުންތަކެއް ކަމަށް އެމެރިކާ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ލިޔުންތައް ފަޅާއަރުވައިލީ ކާކު ނުވަތަ ކޮން ބައެއް ކަމެއް، އަދި އެ ބައެއްގެ އަތަށް އެ ލިޔުންތައް އެރީ ކިހިނެއް ކަމެއް ވެސް، މިހާތަނަށް ކަށަވަރުނުވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.
އެ ސިއްރު ލިޔުންތަކުގައި ހުރި މައުލޫމާތުތަކުގެ ތެރޭގައި، މިހާރު ފެށިފައިވާ މިއަހަރުގެ ރަބީއު މޫސުމުގެ ތެރޭގައި ޔޫކްރޭނުން ދިނުމަށް ތައްޔާރުވަމުންދާ ކުއްލި ރައްދު ހަމަލާތަކާ ބެހޭ ތަފްސީލުތައް ވެސް ހިމެނެ އެވެ. އަދި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ތެރެއިން މަރުވި މީހުންނާއި ޔޫކްރޭން ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަންދާޒާ އަދަދުތަކެއް ވެސް އެ ސިއްރު ލިޔުންތަކުގައި އެބަ ހުއްޓެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވީ އެ ލިޔުންތައް ފަޅާއަރުވައިލި މައްސަލައިގައި ޖިނާއީ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް ބޭރުކުރީ ކޮން ބައެއްކަން ދެނެގަތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެކަން ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ މުހިންމު ލިޔުންތައް އެންމެ ފުރަތަމަ ފަޅާއަރުވައިލީ، އާންމު ގޮތެއްގައި އޮންލައިން ގޭމް ކުޅޭ މީހުންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޑިސްކޯޑްގައި، މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސޯޝަލް މީޑިއާގެ އިތުރު ޗެނަލްތަކުގައި ވެސް، އިތުރު ލިޔުންތައް ފަޅާއަރުވައިލި އެވެ.
ރަޝިޔާގެ ތެލާއި ގޭހުގެ މައްސަލައިގައި ހިޔާލު ތަފާތު
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
އިނގިރޭސި ސިފައިން ތިބެންޖެހޭނީ ތައްޔާރީ ހާލަތުގައި
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ