08 މާޗް 2022
ރަޝިޔާގެ ތެލުގެ ބާވަތްތަކާއި ގޭހުގެ ބާވަތްތައް، އެތެރެކުރުން ހުއްޓައިލުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގައި ވިލާތުގެ ގައުމުތަކުގެ ވިސްނުން މުޅިން ތަފާތުވެ، އެއްފަރާތަށް ޖެހެން ފަށައިފި އެވެ.
ރަޝިޔާގެ ތެލުގެ ބާވަތްތަކާއި ގޭހުގެ ބާވަތްތައް، އެތެރެކުރުން ހުއްޓައިލުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގައި ވިލާތުގެ ގައުމުތަކުގެ ވިސްނުން މުޅިން ތަފާތުވެ، އެއްފަރާތަށް ޖެހެން ފަށައިފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުމަށް ބާރު އެޅުމުގެ ގޮތުން، ރަޝިޔާއަށް އިގްތިސާދީ ގޮތުން ދަތިކުރުމަކީ އުސޫލެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުން ވެސް ތާއީދުކުރާ ކަމެކެވެ. އެ ގޮތުން، ރަޝިޔާގެ ގޭހަށް ބަރޯސާވުން ހުއްޓާލުމަށް ނުވަތަ ކުޑަކުރުމަށް ޔޫރަޕްގެ ހުރިހާ ގައުމުތައް ވެސް އެއްބަސްވެ އެވެ.
ނަމަވެސް، ޔޫރަޕްގެ ގައުމުތަކަށް ރަޝިޔާގެ ގޭސް އެތެރެ ކުރުން ހުއްޓައިލާނީ ކޮން އިރަކުން ކިހާ އަވަހަކަށްތޯއާ މެދު ޔޫރަޕްގެ ގައުމުތަކަށް އެއްބަހެއް ނުވެވެ އެވެ. އަދި ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ގައުމުގެ ތެލާއި ގޭހުގެ ވިޔަފާރި ހިމެނުމާ މެދުގައި ވެސް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތެވެ.
"ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން، އެ ގައުމުގެ ތެލުގެ އެކްސްޕޯޓް އަހަރެމެން އިސްތިސްނާކުރި ކުރުމަކީ އެކަން އެނގިގެން ގަސްދުގައި ކުރި ކަމެއް،" ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލާފް ޝޯލްޒް ވިދާޅުވި އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ (ވ) އާއި ހޮލެންޑްގެ ބޮޑުވަޒީރު މާކް ރޫޓް (ކ) އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން. --އޭއެފްޕީ
"ޔޫރަޕްގައި ފިނި މޫސުމަށް ބޭނުންވާ ހޫނު އުފެއްދުމަށާއި ދަތުރުފަތުރަށާއި އަދި އެހެނިހެން ސިނާއަތްތަކަށާއި ކަރަންޓު އުފެއްދުމަށް ރަޝިޔާ އިން ހޯދާ ހަކަތަ ހުއްޓައިލުމަކީ، މިވަގުތަށް ބަލާއިރު އޭގެ ބަދަލުގައި އެހެން ގޮތަކުން އެކަން ފޫބެއްދެން އޮތް ކަމެއް ނޫން. އެހެންކަމުން، އާންމު ހިދުމަތްތައް މެދުނުކެނޑި ދެމުން ގެންދިއުމާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައް އާދައިގެ މަތިން ހިނގަހިނގާ އޮތުމަކީ ވަރަށް ބޮޑަށް އިސްކަންދޭންޖެހޭ ކަމެއް."
ޔޫރަޕްގެ ގައުމުތަކަށް ބޭނުންވާ ސާފުނުކުރާ ތެލާއި ގޭސް ހޯދުމުގައި އެ ގައުމުތަކުން ބަރޯސާވަނީ ރަޝިޔާގެ ތެލާއި ގޭހުގެ އެކްސްޕޯޓަށެވެ. އެހެން ނަމަވެސް، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން، އެ ގައުމުގެ ތެލާއި ގޭސް، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް އެތެރެކުރުން ހުއްޓައިލުމަށް، އެމެރިކާ އިން އަންނަނީ، ޔޫރަޕްގެ ގައުމުތަކަށް ބާރުއަޅަމުންނެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާއި ހޮލެންޑްގެ ބޮޑުވަޒީރު މާކް ރޫޓްއާ އެކު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ "ވިލާތުގެ ގައުމުތައް އޮންނަންވާނީ ހޭލައި" ކަމަށާއި "ބަރޯސާ ވާންޖެހޭ ކަންކަމުގައި ކޮންމެ ގައުމެއް ވެސް އަނެއް ގައުމާ ތަފާތުވާނެ" ކަމަށެވެ.
"އެއީ ރަޝިޔާ އިން ހޯދާ ތެޔޮ ކަމުގައި ވިޔަސް، ތެލާއި ގޭސް ބޭނުންކުރުން ހުއްޓައިލުމަކީ ރެޔަކާއި ދުވާލެއްގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން. އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން،" ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން. --އޭއެފްޕީ
"ނަމަވެސް އެކަމާ މެދު ގޮތެއް ނިންމުމާ ހަމައަށް އިންތިގާލީ މަރުހަލާއެއް އަންނާނެ. ރަޝިޔާ އިން ތެލާއި ގޭސް ހޯދުން ހުއްޓައިލާއިރު ބަދަލުގައި އެ ތަކެތި ހޯދޭނެ އެހެން ގޮތެއް ހޯދަންޖެހޭނެ. އެކަމާ މެދު ގޮތެއް ނިންމާނީ، ޕުޓިންގެ ހަރަކާތްތައް ކުށްވެރިކުރާ ހުރިހާ ގައުމުތައް ހިމެނިގެން."
ހޮލެންޑްގެ ބޮޑުވަޒީރު ރުޓް ވިދާޅުވީ މިހާރު ވެސް ގިނަ ގައުމުތަކެއް ރަޝިޔާގެ ގޭހާއި ތެލަށް ބަރޯސާވާކަމީ "ވޭން ހުރި ހަގީގަތެއް" ކަމަށެވެ.
"އަހަރެމެން ރަޝިޔާގެ ގޭހާއި ތެލަށް ބަރޯސާވާ މިންވަރާށް ވަރަށް ބޮޑަށް ކުޑަކުރަން އެބަޖެހޭ. އެކަމަށް ވަގުތު ނަގާނެ. އެ ފިޔަވަޅު އަޅައިފިއްޔާ، މުޅި ދުނިޔޭގެ ތެލުގެ ބާޒާރަށް އަދި ތެލުގެ ވިޔަފާރި އަށް ވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ. ހާއްސަކޮށް ޔޫރަޕަށް އޭގެ އަސަރު ފޯރާނެ. ޔޫކްރޭނަށް ވެސް އޭގެ ނުރަނގަޅު އަސަރު ފޯރާނެ."
ރުޓް ވިދާޅުވި ގޮތުގައި ރަޝިޔާއާ އެކުގައި ތެލުގެ ވިޔަފާރިކުރުން ހުއްޓައިލުމަށް ކުންފުނިތަކަށް މަޖުބޫރު ކުރުމަކީ އޭގެ ސަބަބުން ވަރަށް ނުރަނގަޅު ނަތީޖާއެއް ކުރިމަތިވެދާނެ ކަމެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިއްޔެ ވަނީ، މިދިޔަ 14 އަހަރު ތެރޭގައި ނުދާހާ މައްޗަށް އުފުލިފަ އެވެ. މީގެ ދެ އަހަރު ކުރިން ހުރި އަގުތަކާ އަޅައި ބަލާއިރު، ދުނިޔޭގެ ބާޒާރުގައި އިއްޔެ ވަނީ ތެލުގެ އަގު 70 ޕަސެންޓް މަތިވެފަ އެވެ.
ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކަށް މިދިޔަ އަހަރުގެ ތެރޭގައި އެތެރެ ކުރި ގޭހުގެ ގާތްގަނޑަކަށް 46 ޕަސެންޓާއި ތެލުގެ ގާތްގަނޑަކަށް 25 ޕަސެންޓް އެތެރެ ކޮށްފައިވަނީ ހަމައެކަނި ރަޝިޔާ އިންނެވެ.
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޖަރުމަނާއި އެމެރިކާގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް
ރަޝިޔާގެ ނަސްރުގެ ދުވަހު ވެސް ޒެޑް އަކުރު
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ތެޔޮ ބަންދުކޮށްފިއްޔާ، ގޭހެއް ނުދޭނަން: ރަޝިޔާ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާ އާއި އެމެރިކާވެސް ޑްރޯންގެ ބައިތައް ހޯދާނެ
ރަޝިޔާގެ ބޯޓަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި