23 މެއި 2022
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ގެދޮރު ދޫކޮށް އެކި ތަންތަނަށް އެތައް މިލިއަން ބަޔަކު ވިއްސިވިހާލިވެފައި ވަނިކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އެ އަދަދު 100 މިލިއަނަށް އިތުރުވެއްޖެ ކަމަށް، އދ. އިން ބުނެފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ގެދޮރު ދޫކޮށް އެކި ތަންތަނަށް އެތައް މިލިއަން ބަޔަކު ވިއްސިވިހާލިވެފައި ވަނިކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އެ އަދަދު 100 މިލިއަނަށް އިތުރުވެއްޖެ ކަމަށް، އދ. އިން ބުނެފި އެވެ.
ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ އިން ބުނި ގޮތުގައި، ނުރުހުމުގައި ގެދޮރު ދޫކޮށް ނުކުންނަން ޖެހުމުގެ ސަބަބުން އެކި ތަންތަނަށް ވިއްސިވިހާލިވެފައިވާ މީހުންގެ އަދަދު 100 މިލިއަނަށް އެރި މިއީ ފުރަތަމަ ފަހަރެވެ. ޔޫކްރޭން ހަނގުރާމައިގެ ކުރިން ވެސް، އެކި ގައުމުތަކުގައި ހިނގަމުން ދިޔަ ހަނގުރާމަތަކާއި ތަޅާފޮޅުންތަކާއި އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތަކާއި ނަސްލީ ދެކޮޅުވެރިކަމުގެ ސަބަބުން، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް އެކި ތަންތަނަށް ވިއްސިވިހާލިވެފަ އެވެ.
އޭގެ ތެރެއިން ބައެއް މީހުންނަކީ އަމިއްލަ ގެދޮރު ދޫކޮށް، އެމީހުންގެ ގައުމުގެ އެތެރޭގައި ކޮންމެވެސް އެހެން ސަރަހައްދަކަށް ވިއްސިވިހާލިވެގެން އުޅެމުންދާ މީހުންނެވެ. އަދި ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ގައުމު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖްރަކޮށްފައިވާ މީހުންނެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. އޭގެ ފަހުން މިހާތަނަށް އެ ގައުމުގެ 15 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ، ގެދޮރު ދޫކޮށް އެކި ތަންތަނަށް ވިއްސިވިހާލިވެފައި ކަމަށް އދ. އިން ބުނެ އެވެ.
އޭގެ ތެރެއިން އަށް މިލިއަނަށް ވުރެ ގިނަ މީހުން، އަމިއްލަ ގެދޮރު ދޫކޮށް ވިއްސިވިހާލިވެގެން އުޅެމުން ދަނީ ޔޫކްރޭންގެ އެތެރޭގެ އެކި ސަރަހައްދުތަކުގަ އެވެ. އަދި ހަ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޔޫކްރޭން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ދަތުރުކޮށްފަ އެވެ.
އދ. އިން ބުނި ގޮތުގައި އަމިއްލަ ގެދޮރު ދޫކޮށް 100 މިލިއަނަށް ވުރެ ގިނަ މީހުން، އެކި ތަންތަނަށް ވިއްސިވިހާލިވެގެން އުޅެން ޖެހުމަކީ، އިންސާނީ މުޖްތަމައަށް އުފުލޭ ވަރުގެ ތަކުލީފެއް ނޫނެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހުމަކީ، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާއި ތަޅާފޮޅުންތައް ހައްލުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގެ އިންޒާރެކެވެ.
ޔޫކްރޭންގެ ރެފިއުޖީންގެ އަދަދު ހަތަރު މިލިއަނަށް
ތި ހަނގުރާމަ ކާމިޔާބެއް ނުވާނެ ހުއްޓައިލާ: ގުޓަރޭސް
ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން
އދ.ގެ ވެރިޔާ ރަޝިޔާ އާއި ޔޫކްރޭނަށް ވަޑައިގަންނަވަނީ
ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރުކޮށްފި
ފެނެއް ކަރަންޓެއް ނެތް، ހަށިތައް ނެގޭކަށް ވެސް ނެތް
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ