04 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 4) - ސެނެގާލްގެ ކޯޗު އަލިއޯ ސިސޭ ބަލިވެ އުޅޭތީ، ދެވަނަ ބުރުގައި އިންގްލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އޭނާ ބެންޗު ވެސް ނުފެނިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ދޯހާ (ޑިސެމްބަރު 4) - ސެނެގާލްގެ ކޯޗު އަލިއޯ ސިސޭ ބަލިވެ އުޅޭތީ، ދެވަނަ ބުރުގައި އިންގްލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އޭނާ ބެންޗު ވެސް ނުފެނިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އޭނާ އަށް ވަނީ ހުމުގެ ރޮގާ ޖެހިފަ އެވެ. މިރޭގެ މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ވެސް ސިސޭ ހާޒިރު ނުވެ އެވެ. އަދި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޓީމުގެ ޕްރެކްޓިސް ސެޝަންގައި ވެސް އޭނާ ބައިވެރިއެއް ނުވެ އެވެ.
ޕްރެސް އަށް ހާޒިރުވި ސެނެގާލްގެ އެސިސްޓެންޓް ކޯޗު ރެޖިސް ބޮގާޓް ބުނީ މިރޭ އަލްބައިތު ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ސިސޭގެ ދައުރު އޮންނާނެ ކަމަށެވެ.
"އަލިއޯ ސިސޭ އުޅެނީ ބަލިވެ. އޭނާ ހުން ހުރީ ތަންކޮޅެއް މަތީގައި އެހެންވީމަ އަހަރެމެންޖެހޭ އޭނާގެ ހާލަތާ މެދު ފަރުވާތެރިވާން،" ބޮގާޓް ބުންޏެވެ.
"ދެތިން ދުވަހެއް ވެއްޖެ އޭނާ ބަލިވެ އުޅޭތާ. އިއްޔެ ވެސް ޕްރެކްޓިހުގައި އޭނާ އަހަރެމެންނާ ހުރިހާ ޒިންމާއެއް ހަވާލު ކުރީ. އެކަމަކު އޭނާގެ އިރުޝާދާ އެއްގޮތަށް އަހަރެމެން ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ. އަހަރެމެން އުންމީދު ކުރަނީ މެޗުގައި ކުޅުންތެރިންނާއެކު ބެންޗުގައި ހުންނަން އޭނާ އަންނާނެ ކަމަށް. ހަމަގައިމުވެސް ކުޅުންތެރިންނާއެކު އޭނާ ހުންނާނެ."
އިންގްލެންޑާއި ސެނެގާލް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.
ބާމިންހަމް ސިޓީ އާއި ޕޯޓްސްމައުތު އަށް ކުޅުނު ކުރީގެ މިޑްފީލްޑާ ސިސޭ ވަނީ 2002 ގެ ވޯލްޑް ކަޕުގައި ސެނެގާލްގެ ގައުމީ ޓީމުގައި ކުޅެފަ އެވެ. އޭރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލި ކުރި މެޗުން ވޯލްޑް ކަޕު ފަށައި އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ސެނެގާލްގެ ޓީމުގައި އޭނާގެ ހިއްސާ އޮތެވެ.
ސެނެގާލްގެ ގައުމީ ޓީމުގެ ހެޑް ކޯޗު ކަމާ އޭނާ ހަވާލުވީ 2015 ގަ އެވެ. އޭގެ ކުރިން ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗަކަށް ހުރި މުއްދަތުގައި ސީނިއާ ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ގޮތުގައި އޭނާ ބައެއް މެޗުތަކުގައި ޓީމާއެކު މަސައްކަތް ކުރި އެވެ. ގައުމީ ޓީމާއެކު އެންމެފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން އޭނާ ހޯދި އެވެ.
12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް
ބޭރު ކޯޗަކަށް އިނގިރޭސި ޓީމު ދީގެންނުވާނެ: އެލަޑައިސް
ސްޓާލިންގެ ގެ ފަޅާލުމުން ވޯލްޑް ކަޕު ދޫކޮށް ރަށަށް
ފްރާންސާ ދެކޮޅަށް ކުއާޓާގައި ވާދަކުރާނީ އިންގްލެންޑް
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އެއްވަނަ ހޮލެންޑަށް، ސެނެގާލްވެސް ގަދަ 16 އަށް
ދުނިޔޭގެ ގަދަ ދެ ބާރުގެ މެޗު އެއްވަރު
ފަހު ވަގުތު ނެދަލެންޑްސްއިން ސެނެގާލް ހިތްދަތިކޮށްލައިފި
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ