Roadha Mihaaru
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ

ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް ފަސޭހަ މޮޅެއް

21 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 21) - ވޯލްޑް ކަޕްގައި މިރޭގެ މެޗަށް ނުކުތުމުގެ ކުރިން، ނިންމި ނިންމުމަކާ ގުޅިގެން އަމިއްލަ ގައުމުގެ އެތެރެއިން ފާޑު ކިޔުން އަމާޒުވި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އިރާންގެ މައްޗަށް 6-2 ން މޮޅުވެއްޖެ އެވެ.

ދޯހާ (ނޮވެމްބަރު 21) - ވޯލްޑް ކަޕްގައި މިރޭގެ މެޗަށް ނުކުތުމުގެ ކުރިން، ނިންމި ނިންމުމަކާ ގުޅިގެން އަމިއްލަ ގައުމުގެ އެތެރެއިން ފާޑު ކިޔުން އަމާޒުވި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުގައި އިރާންގެ މައްޗަށް 6-2 ން މޮޅުވެއްޖެ އެވެ.

ރޭ ފެށި ވޯލްޑް ކަޕްގެ ކުރިން ވެސް އިންގްލެންޑްގެ ޓީމުން ދިޔައީ، ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް އަޅައި އެއްޖިންސުން ގުޅުން ހިންގުން ޕްރަމޯޓް ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މެޗަށް ހަތަރު ގަޑިއިރަށް ވެފައި ވަނިކޮށް އިންގްލެންޑުން ވަނީ އެ ނިންމުން ބަދަލުކޮށް ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް ނާޅާނެ ކަމަށް ބުނެފަ އެވެ.

އިންގްލެންޑްގެ ނިންމުން އެ ޓީމުން ބަދަލު ކުރުމުން އެ ގައުމުގެ ހައްގުތައް ހޯދަން ވަކާލަތު ކުރާ ކަމަށް ބުނާ ގުރޫޕްތަކުން ވަނީ ގައުމީ ޓީމަށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ.

ގައުމުގެ އއެތެރެއިން ކުރިމަތިވި ފާޑު ކިޔުންތަކުގެ އަސަރެއް އިންގްލެންޑްގެ ޓީމަށް ކުރިޔަކަ ނުދިނެވެ. ކެޕްޓަން ހެރީ ކޭން ލީޑް ކުރި ޓީމުން ވަނީ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑު އިރާން ބަލި ކޮށްފަ އެވެ.

އިރާނަށް ފުރަތަމަ ހާފުގައި ހައްލު ކުރަން އުނދަގޫ މައްސަލައެއް ކުރިމަތި ވިއެވެ. އެ ޓީމުގެ ކީޕަރު އަލިރޭޒާ ބެއިރަންވަންދުގެ ބޮލަށް އަނިޔާ ވުމުން އޭނާ އަށް ކުޅުން ކުރިއަކަށް ނުގެންދެވުނެވެ. ބަދަލުގައި އެރި އިރާންގެ ކީޕަރު ހުސައިން ހުސައިނީ ކުޅެން ނުކުތް ފަހުން އިންގްލެންޑުން ވަނީ އިރާންގެ ގޯލް ހުޅުވައިފަ އެވެ.

އިންގްލެންޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އިންގްލެންޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕްގެ މެޗަކަށް ފުރަތަމަ ފަހަރަށް ނުކުތް ހުސައިނީގެ ގޯލަށް ވަން ފުރަތަމަ ބޯޅަ ދިފާއު ކުރުމުގައި އޭނާ އަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ފުރަތަމަ ލަނޑު ލޫކް ޝޯ ތަނަވަސް ކޮށްދިން ލަނޑު ޖެހީ ޖޫޑެ ބެލިންހަމް އެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު ޖެހިބުކަޔޯ ސަކާ ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖަހައިފަ އެވެ. އިންގްލެންޑްގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 43 ވަނަ މިނެޓްގައި ހެރީ މެގްއާ ދިން ބޯޅަ އަކުންނެވެ. އިރާންގެ ކީޕަރަށް އަނިޔާ ވެގެން ފުރަތަމަ ހާފުގައި މެޗު ނުކުޅެ ހޭދަވި ވަގުތަށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓް ދެއްކި އެވެ. އިންގްލެންޑްގެ ތިންވަނަ ލަނޑު، ރަހީމް ސްޓާލިން ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގަ އެވެ.

ދެވަނަ ހާފުގައި ސަކާ ލަނޑު ޖެހީ ސްޓާލިން ދިން ބޯޅައިންނެވެ. މެޗުގައި އިރާނަށް ސުމެއް ކަނޑުވާލައި ދިން ލަނޑު ޖެހީ މަހްދީ ތެރީމީ އެވެ. އިންގްލެންޑްގެ ފަސްވަނަ ލަނޑު ޖެހީ މާކޯސް ރަޝްފޯޑް އެވެ. އިންގްލެންޑްގެ ހަވަނަ ލަނޑު ޖެހީ ޖެކް ގްރިލީޝް އެވެ.

އިރާންގެ ދެވަނަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ އެންމެ ފަހު ސިކުނތު ކޮޅުގެ ތެރޭގައި ވީއޭއާރް މެދުވެރިކޮށް ބަލައިގެން ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީގައި ލަނޑު ޖެހީ، އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖެހި މެހްދީ އެވެ.