25 ނޮވެމްބަރ 2022
ދޯހާ (ނޮވެމްބަރު 25) - ވޯލްޑް ކަޕްގައި މިއަދު ވޭލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި އިރާންގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔައި، ކުރިން ކުރި ހިމޭން އިހުތިޖާޖު ނިންމާލައިފި އެވެ.
ދޯހާ (ނޮވެމްބަރު 25) - ވޯލްޑް ކަޕްގައި މިއަދު ވޭލްސް އާ ދެކޮޅަށް ކުޅުނު މެޗުގައި އިރާންގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔައި، ކުރިން ކުރި ހިމޭން އިހުތިޖާޖު ނިންމާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އިރާންގެ ކުޅުންތެރިން ގައުމީ ސަލާމެއް ނުކިޔަ އެވެ. ގައުމީ ސަލާމް ކުޅެމުން ދިޔަ ވަގުތު ކުޅުންތެރިން ތިބީ ހިމޭން ވެފަ އެވެ.
އިރާންގެ ކުޅުންތެރިން ވޯލްޑް ކަޕްގައި ހިމޭން އިހުތިޖާޖެއް ފެށީ، އެ ގައުމުގައި ބުރުގާ އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މުޒާހަރާތަކަށް ތާއިދު ކުރާކަން ހާމަ ކުރުމުގެ ގޮތުންނެވެ.
އެކަމަކު މިއަދުގެ މެޗުގައި އިރާންގެ ކުޅުންތެރިން ވަނީ ގައުމީ ސަލާމް ކިޔައި ހިމޭން އިހުތިޖާޖު ނިންމައިލައިފަ އެވެ.
އިރާންގައި ބުރުގާގެ މައްސަލަ ގޯސްވީ، އެ ގައުމުގެ ޒުވާން އަންހެނެއް ކަމަށްވާ މަހްޝާ އަމީނީ، ބުރުގާ ނަޅައި އާންމުގެ ތެރެއަށް ނުކުތުމުން ފުލުހުން އޭނާ ހައްޔަރު ކުރި ފަހުން ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވުމުންނެވެ. ފުލުހުން ބުނީ އަމީނީ މަރުވީ އޭނާ އަށް އާންމުންގެ ބަޔަކު ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ބުރުގާ ނާޅައި ނުކުތުމުން އާންމުގެ ބަޔަކު ވަނީ އޭނާ އަށް ހަމަލާ ދީފަ އެވެ.
ފީފާގެ ގަވާއިދު ބުނާ ގޮތުން ސިޔާސީ މާނައެއް ދޭހަވާ މެސެޖެއް ކުޅުންތެރިންގެ ގައިގައި ނުވަތަ ޖޯޒީގައި ލިޔެގެން ނުވަތަ ކުރަހައިގެން މެޗުތަކުގައި ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އެކަމަކު ކޮންމެ ވެސް އެހެން ސިފައެއްގައި ހިމެން ގޮތެއްގައި އެކަމާ އެކަން ކުރުމުގައި އިއުތިރާޒެއް ނެތެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކުޅުންތެރިން ގައުމީ ސަލާމް ކިޔަން ފެށީ، އިރާންގެ ސަރުކާރުން ކުރިމަތި ކުރި ޕްރެޝަރުތަކާ ގުޅިގެންނެވެ. އިރާންގައި ހިނގަމުންދާ މުޒާހަރާކުގެ އަޑިގައި ހުރި ކަމަށް ބުނެ، ފުލުހުން ވަނީ އެ ގައުމުގެ ކުރީގެ ދެ ކުޅުންތެރިޔަކު އިއްޔެ ހައްޔަރުކޮށްފަ އެވެ.
ވޯލްޑް ކަޕުގައި އިރާން ޓީމުގެ ބާއްވާ ޕްރެސް ކޮންފަރެންސްގައި އިނގިރޭސި މީޑިއާތަކުން ކުޅުންތެރިންނާ ސިޔާސީ ސުވާލު ކުރާތީ އިރާންގެ ކޯޗު ކާލޯސް ކުއިރޯޒް ބުނީ އިރާންގެ ޓީމަށް ސިޔާސީ ސުވާލު ކުރިމަތި ކުރާ ފަދައިން، އެހެން ގައުމުތަކުގެ ކޯޗުން އަދި ކުޅުންތެރިންނާ ސިޔާސީ ސުވާލު ނުކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލްވެއްޖެ
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
އިރާންގެ ކޯޗު އިނގިރޭސި މިޑިއާގެ އަނގަބަންދުކޮށްލައިފި
ބޮލަށް އަނިޔާވި ކީޕަރަށް ކުޅެން ހުއްދަދިން މައްސަލަ
ވޯލްޑް ކަޕް ކުޅުނު އީރާން ޑިފެންޑަރެއް ވެލެންސިއާ އަށް
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ