29 ނޮވެމްބަރ 2022
އިރާންގެ ކުރީގެ ރޫހީ ލީޑަރު ރޫހުﷲ ހްމެއިނީ އިސްވެ ހުރެ އިރާނަށް 1979 ގައި ގެނައި، އިންގްލާބަށް ފަހު އިރާނަށް އެމެރިކާ އާއި ހުޅަނގުގެ އަތް ބޭނޭކަށް ނޯވެ އެވެ. އޭގެ ފަހުން އެމެރިކާގެ ދުޝްމަނެއްގެ ކުލަ އިރާންގެ ގައިގައި އޮތީ ޖެހިފަ އެވެ.
އިރާންގެ ކުރީގެ ރޫހީ ލީޑަރު ރޫހުﷲ ހްމެއިނީ އިސްވެ ހުރެ އިރާނަށް 1979 ގައި ގެނައި، އިންގްލާބަށް ފަހު އިރާނަށް އެމެރިކާ އާއި ހުޅަނގުގެ އަތް ބޭނޭކަށް ނޯވެ އެވެ. އޭގެ ފަހުން އެމެރިކާގެ ދުޝްމަނެއްގެ ކުލަ އިރާންގެ ގައިގައި އޮތީ ޖެހިފަ އެވެ.
އެމެރިކާއިން ޑިކްޓޭޓަރެއް ކަމަށް ކަނޑައެޅި އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އަށް، މަޝްހޫރު އިރާން އިރާގް ހަނގުރާމައިގަައި އެމެރިކާގެ މަދަދާއި އެހީތެރިކަން، ދިނީ ވެސް އިރާން ބަލި ކުރުމަށެވެ. އެކަމަކު ވެސް އިރާގުގެ އަސްކަރީ ބާރުތަކަށް އިރާންގެ މައްޗަށް ގަދައެއް ނުވެވުނެވެ. އިރާނުން ނިއުކުލިއަ ހަތިޔާރު އުފައްދާ ކަމަށް ބުނެ އެމެރިކާއިިން އިސްވެ އޮވެ ދަތިކުރުމުގެ ފިޔަވަޅުތައް އިރާނާ ދެކޮޅަށް އެޅި އެވެ. އެކަމަކު ތަކުރާރުކޮށް އިންޒާރުތަކާއި އިގްތިސޯދީ ދަތި ކުރުންތައް އިރާންގެ މައްޗަށް ކުރިމަތި ކުރިޔަސް އެމެރިކާގެ ބިރަށް ނުސިހޭ މަދު ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ގައުމަކަށް އޮތީ އިރާނެވެ.
މިރޭ ވޯލްޑް ކަޕުގައި މިއޮތީ މި ދެބާރުގެ ކުރިމަތިލުމެވެ. ހަނގުރާމައެއްގައި ވެސް އިރާންގެ މައްޗަށް އެމެރިކާ އަށް ކުރި ހޯދިފައެއް ނެތެވެ. ފުޓްބޯޅައިގެ ދަނޑުގައި ވެސް އެކަން އޮތީ އެ ގޮތަށެވެ. ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕުގައި އިރާން އިން އެމެރިކާ އާ ދެކޮޅަށް ކުޅުނު މެޗު އިރާން ކާމިޔާބު ކުރީ 2-1 ންނެވެ.
މިރޭގެ މެޗުގެ ކުރިން ދަނޑު ބޭރުން ވެސް ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ފިނި ހަނގުރާމައެއް ފަށައިފަ އެވެ. އެމެރިކާގެ އެފްއޭއިން މެޗާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާ ކުރި ފޮޓީޯގައި ހިމަނާފައިވާ "އިރާންގެ ދިދަ" އިގައިވާ އިސްލާމިކް ރިޕަބްލިކް ނިޝާން ހިމަނައިފައެއް ނުވެ އެވެ.
އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޖެހި ޕޯސްޓް: މި ޕޯސްޓަގައި ހިމެނޭ ދިދައިގައި ހިމެނޭ ސިންބަލް ނުލައި ވަނީ ހިމަނާފަ
ފަހުން އެމެރިކާއިން ވަނީ އެ ޕޯސްޓް ސޯޝަލް މީޑީއާއިން ނަގައިފަ އެވެ. މައްސަލަ ފެންމަތިކޮށް އިރާންގެ އެފްއޭއިން ވަނީ ފީފާ އަށް ހުށަހަޅައިފަ އެވެ. އިރާނުން ވަނީ އެމެރިކާގެ އަމަލަކީ ވޯލްޑް ކަޕުން އެ ގައުމު ބޭރުކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ބުނެފަ އެވެ.
އިރާންގައި ބުރުގާ ނާޅައި އާންމުގެ ތެރެއަށް ނުކުތް ޒުވާން އަންހެނެއް ކަމަށް މަހްޝާ އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމުން، އިރާންގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކަށް ތާއިދުކޮށް އިރާންގެ ގައުމީ ޓީމުން ވެސް ހިމޭން އިހްތިޖާޖެއް ކުރި އެވެ. އެކަމަކު އިރާންގެ ޓީމަށް އޮތް ޕްރެޝަރު ކުޑައެއް ނޫނެވެ. ވޯލްޑް ކަޕްގައި އެ ޓީމުގެ ޕްރެސް ކޮންފަރެންސްތަކުގައި ވެސް ނޫސްވެރިން އެންމެ ގިނަ ސުވާލު ފެންމަތި ކުރަނީ މުޒަހާރަތާކާ ގުޅުވަ އެވެ.
އެމެރިކާ އާދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އިރާންގެ ކޯޗު ކާލޯސް ކުއިރޯޒްއާ އެ ސުވާލު އަމާޒު ކުރުމުން އޭނާ ވަނީ އެމެރިކާގައި އޮތް ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަތަކާއި އެ ގައުމުގައި ބަޑި ޖަހައިގެން އާންމުން މަރުވާތީ އެކަމާ ވެސް އިރާންގެ ޓީމުން ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
"އެތައް ފަހަރަކު ބުނިން އިންސާނީ ހުރިހާ މައްސަލަތަކެއްގައި އަހަރެމެންގެ އެއްބައިވަންތަކަން އޮތް ކަމަށް،" ކުއިރޯޒް ބުންޏެވެ.
"ހަމައެޔާއެކު އަހަރެމެންނަށް އެއްބައިވަންތަކަން އެބައޮތް މުޅި ދުނިޔޭގައި ހުރި އެފަދަ ހުރިހާ މައްސަލަތަކާ ދެކޮޅަށް ވެސް ކޮންމެ މީހަކު ކަމުގައި ވިޔަސް. ކޮންމެ ގައުމެއްގައި ވިޔަސް އިންސާނީ ހައްގުތަކާއި ނަސްލީ ތަފާތުކުރުމާއި ސްކޫލްތަކުގައި ބަޑިޖެހުމުގެ ސަބަބުން ކުދިން މަރުވާ ވާހަކަ ދައްކާނަމަ ވެސް. އެކަންކަމާ ދެކޮޅަށް އަހަރެމެންގެ އެއްބައިވަންތަކަން އެބައޮތް. އެކަމަކު މެޗުގައި އަހަރެމެން 90 މިނެޓަށް ހިނިތުންވުމެއް ގެންނަނީ، އެއީ އަހަރެމެންގެ އަމާޒު.”
އިރާންގެ ސަޕޯޓަރުން އެ ގައުމުގައި ހިނގާ މުޒާހަރާތަކަށް ތާއީދުކޮށް ދަނޑުގައި ޝުއޫރުފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
އޭނާ ބުނީ ދަނޑު މަތީިގައި ޓީމެއްގެ ނަތީޖާ ބިނާ ވަނީ އަނެއް ޓީމަށް ވުރެ ބުރަކޮށް ކުޅުންތެރިން ކުރާ މަސައްކަތަށް ކަމަށެވެ. އޭނާގެ ޓީމުގައި އެކަށަ އަޅާ ކަމަކީ އެއީ ކަމަށް ރެއާލް މެޑްރިޑްގެ ކުރިގެ ކޯޗު ބުންޏެވެ.
"ކުޅުންތެރިން ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު އަހަރެން ބޭނުން ކުރީ ދުވަހަށް ވުރެ މޮޅު ކުޅުންތެރިންތަކަކަށް އެ ކުޅުންތެރިން ވާން."
އޭނާ ބުނީ އެ ހިތްވަރު އިރާންގެ ކުޅުންތެރިންގެ ކިބައިގައި ހުންނާނެ ކަމަށެވެ.
އިރާން އާއި އެމެރިކާގެ ދެމެދުގައި އޮތް ދުޝްމަން ކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް އެމެރިކާގެ ކޯޗު ގްރެގް ބާހާލްޓާ ބޭނުމެއް ނުވެ އެވެ. އޭނާ ބުނީ ބައިނަލްއަގާވާމީ ސިޔާސީ މައިދާނުގެ ކަންކަން އޭނާ އަށް ނޭނގޭނެ ކަމަށެވެ.
"އަހަންނަކީ ބައިނަލްއަގްވާމީ ސިޔާސީ ކަންކަމަށް ރަނގަޅަށް ފަރިތަ މީހެއް ނޫން. އަހަންނަކީ ފުޓްބޯޅަ ކޯޗެއް،” ބާހަލްޓާ ބުންޏެވެ.
އެމެރިކާގެ އެފްއޭއިން ޖެހި ސޯޝަލް މީޑީއާ ޕޯސްޓާ ގުޅިގެން އޭނާ ވަނީ މާފަށް އެދިފަ އެވެ. އޭނާ ބުނީ އެ ޕޯސްޓް ސޯޝަލް މީޑީއާގައި ޖެހިގެން އޭނާގެ ޓީމަށް ނޭނގޭ ކަމަށެވެ.
މިރޭގެ މެޗު އެއްވަރުކޮށްލިޔަސް އިރާނަށް ދެވަނަ ބުރަށް ދެވޭނެ އެވެ. އެ ޓީމު ދެވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެމެރިކާ އަށް ދެ މެޗުން ލިބުނީ ދެ ޕޮއިންޓެވެ.
އެމެރިކާ އާއި އިރާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. ހަމަ އެގަނޑީގައި ވޭލްސް އާއި އިންގްލެންޑް ވާދަކުރާނެ އެވެ. މިރޭ 8 ޖަހާިއރު އިކުއެޑޯ އާއި ސެނެގާލް އަދި ނެދަލެންޑްސް އާއި ގަތަރު ވާދަ ކުރާނެ އެވެ.
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
ދުނިޔޭގެ ގަދަ ދެ ބާރުގެ މެޗު އެއްވަރު
އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލްވެއްޖެ
ގައުމީސަލާމް ކިޔައި އިރާން ޓީމުގެ އިހުތިޖާޖަށް ނިމުން
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން