Roadha Mihaaru
ދުނިޔޭގެ ގަދަ ދެ ބާރުގެ މެޗު އެއްވަރު

ދުނިޔޭގެ ގަދަ ދެ ބާރުގެ މެޗު އެއްވަރު

26 ނޮވެމްބަރ 2022

އަލް ހޫރް (ނޮވެމްބަރު 26) - ސިޔާސީ އަދި އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ދެބާރު ކަމަށްވާ، އެމެރިކާ އާއި އިންގްލެންޑް ވޯލްޑް ކަޕުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެެގެން ނިމިއްޖެ އެވެ.

އަލް ހޫރް (ނޮވެމްބަރު 26) - ސިޔާސީ އަދި އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ދެބާރު ކަމަށްވާ، އެމެރިކާ އާއި އިންގްލެންޑް ވޯލްޑް ކަޕުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެެގެން ނިމިއްޖެ އެވެ.

މި ދެ ޓީމުގެ މެޗާ ބެހޭގޮތުން އިނގިރޭސި ބައެއް މީޑީއާތަކުން ސިފަ ކުރީ ވެސް އެކުވެރި ދެ ގައުމުގެ ކުރިމަތިލުމުގެ ގޮތުގަ އެވެ. އަސްކަރީ އިދި އިގްތިސޯދީ ގޮތުން އެމެރިކާ އެންމެ ގަދަ ބާރަށް ވިޔަސް ދުނިޔޭގެ ފުޓްބޯޅައިގެ މަސްރަހުގައި އެމެރިކާ އަކީ ގަދަ ބާރެއް ނޫނެވެ.

އެއާ ހިލާފަށް އިނގިރޭސި ވިލާތަކީ ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އެކަމަކު މިރޭގެ މެޗުގައި އެމެރިކާ ޓީމުގެ ހަމަލާތައް ގިނަ އެވެ. އަދި ނުރައްކާތެރި ގިނަ ފުރުސަތުތަކެއް އުފެއްދީ ވެސް އެމެރިކާގެ ޓީމުންނެވެ.

ފުރަތަމަ ހާފުގައި އެ ޓީމުގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑި އަށް ވެސް އަމާޒުވި އެވެ. މެޗުގައި އިންގްލެންޑުން އުފެއްދި ނުރަްކާތެރި ފުރަތަމަ ފުރުސަތު އެ ޓީމުން އުފެއްދީ ފުރަތަމަ ހާފުގެ ފަހު ކޮޅުގަ އެވެ.