އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބު ކުރަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާތީ އޭނާ އަށް އެކަން ޕްރެޝަރަކަށް ވެއްޖެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
20 މާޗް 2025
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބު ކުރަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާތީ އޭނާ އަށް އެކަން ޕްރެޝަރަކަށް ވެއްޖެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އޯގަސްޓް މަހު އެމެރިކާގެ ކޯޗު ކަމާ ހަވާލުވި ޕޮޗެޓިނޯ ލަންޑަނުގެ ޕޮޑްކާސްޓް ޝޯއެއްގައި މި ހަފުތާގައި ވާހަކަ ދައްކަމުން ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޓްރަމްގެ ވާހަކައިން އޭނާ ޕްރެޝަރަށް ވެއްޓިފައިވާ ކަމަށެވެ.
މި އަހަރު މުޅިން އާ ފޯމެޓަކަށް ބާއްވާ ކްލަބް ވޯލްޑް ކަޕްގެ ތަށި ލޯންޗު ކުރުމަށް، އިންފަންޓީނޯ ވަނީ ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕާ ބައްދަލު ކުރައްވައިފަ އެވެ.
"ރައީސް [ޓްރަމްޕް] މި އައްސަވަނީ 'އަހަރެމެންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެހޭ؟' ޖިއާނީ [އިންފަންޓީނޯ] ވިދާޅުވީ 'އާނ' އޭނަގެ މިޖަވާބުން އަހަރެން މާޔޫސްވި. އޭނާ ބުނަން ޖެހޭނީ ކަލޭމެންގެ ކޯޗު ކައިރީގައި އަހަށޭ އޭނާ މާ ރަނގަޅަށް ކިޔައިދީފާނެޔޭ،" ސަމާސާ ރާގެއްގައި ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުންޏެވެ.
ވޯލްޑް ކަޕް ބާއްވާތާ ގާތްގަނޑަކަށް 100 އަހަރު ފުރެން ދާއިރު ވެސް އެންމެ އަށް ގައުމަށް މުބާރާތް ކާމިޔާބު ކުރެވިފައިވުމުން އެއީ އުނދަގޫ މަސައްކަތެއްކަން ހާމަވާ ކަމަށް ޕޮޗެޓިނޯ ބުންޏެވެ.
އެމެރިކާއިން ކުޅުނު މެޗެއްގައި ޕޮޗެޓިނޯ (ކ) ކުޅުންތެރިޔަކަށް އިރުޝާދު ދެނީ
ޗެލްސީގެ ކުރީގެ ކޯޗު ބުނީ ޓްރަމްޕްގެ އެ ވިސްނުމާ އެކު ކުޅުންތެރިންނަށް ވެސް އެކަމުގެ ޕްރެޝަރު އެނގޭ ކަމަށެވެ.
"އަހަރެމެންގެ ރައީސް ބޭނުންވޭ އަހަރެމެންނަށް ޕްރެޝަރު ދޭން. އެ ޕްރެޝަރު އެގޮތަށް ދިނުމަކީ ވެސް ރަނގަޅުކަމެއް. އަހަރެމެން މިތިބީ ތައްޔާރަށް،" ޕޮޗެޓިނޯ ބުންޏެވެ.
އޭނާ ބުނީ ކުޅިވަރުގައި ވެސް އެމެރިކާގެ ވިސްނުމަކީ އަބަދުވެސް ދުނިޔޭގެ އެއް ވަނައިގައި ދެމެހެއްޓުން ކަމަށެވެ. އޮލިމްޕިކް ގޭމްސްގައި ވެސް އެންމެ ކާމިޔާބު ގައުމަކީ އެމެރިކާ އެވެ.
ޕޮޗެޓިނޯގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މަސައްކަތަކީ އަންނަ އަހަރު އެމެރިކާ ވެސް ހިއްސާވެގެން ބާއްވާ މުބާރާތުގައި އެ ގައުމަށް ރަނގަޅު ކާމިޔާބެއް ހޯދައި ދިނުމެވެ.
ޖުމުލަ 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ބޭއްވުމުގައި އެމެރިކާއާ އެކު ކެނަޑާ އާއި މެކްސިކޯ ވެސް ބައިވެރި ވާނެ އެވެ. މިއީ އެއް ފަހަރާ ތިން ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެއް ފަހަރާ ދެ ގައުމެއްގައި ވޯލްޑް ކަޕް ބޭއްވީ 2002 ގައި ޖަޕާނާއި ދެކުނު ކޮރެއާ ގުޅިގެންނެވެ.
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
ދުނިޔޭގެ ގަދަ ދެ ބާރުގެ މެޗު އެއްވަރު
ހާވާޑަކީ ޖޯކެއް، މޮޅު ތަނެއް ނޫން: ޓްރަމްޕު
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ހާވާޑަށް ޓެކްސްގެ ލުއި ވެސް އުވާލާނެ ކަމުގެ އިންޒާރު
ހާވާޑް ޔުނިވަސިޓީގެ 2 ބިލިއަނުގެ ބަޖެޓް ހިފަހައްޓައިފި
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި