03 ޑިސެމްބަރ 2022
އައް ރައްޔާން (ޑިސެމްބަރު 3) - އެމެރިކާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ނެދަލެންޑްސް ދަތުރުކޮށްފި އެވެ.
އައް ރައްޔާން (ޑިސެމްބަރު 3) - އެމެރިކާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ނެދަލެންޑްސް ދަތުރުކޮށްފި އެވެ.
ގަތަރުގެ އައް ރައްޔާންގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި، ނެދަލެންޑްސްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެކަމަކު މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އެމެރިކާ އަށެވެ. ކްރިސްޓިއަން ޕުލިސިޗަށް އޭރިއާގެ އެތެރެއިން ހުސްކޮށް ލިބުނު ބޯޅަ ނެދަލެންޑްސްގެ ކީޕަރު އެންޑްރެއަސް ނޮޕޯޓް ދިފާއު ކުރި އެވެ.
ނެދަލެންޑްސްގެ ދެ ލަނޑު ވެސް ޖެހީ ޑެންޒެލް ޑަމްފްރީޒް ދިން ބޯޅައިންނެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ޖެހީ މެންފިސް ޑިޕާއީ އެވެ.
އޭގެ ފަހުން ގިނަ ހަމަލާތަކެއް އުފައްދަން ފުރުސަތު ލިބުނީ އެމެރިކާ އަށެވެ. އެ ޓީމަށް މައްސަލަ ދިމާވަނީ އެޓޭކިން ތާޑްގަ އެވެ. ލިބޭ ފުރުސަތުތައް އެ ޓީމަށް ބޭނުމެއް ނުކުރެވުނެވެ. އެ ޓީމުގެ ޓިމޯތީ ވިއާ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.
ނެދަލެންޑްސްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ޑެލީ ބްލިންޑެވެ. ދެވަނަ ހާފުގައި ނެދަލެންޑްސް އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކޮޑީ ގަކްޕޯ އަށެވެ، އެމެރިކާގެ ޑިފެންޑަރުންގެ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އެމެރިކާގެ ކިޕަރު މަޓް ޓަނާ ދިފާއު ކުރި އެވެ.
އެމެރިކާ އަށް މެޗުގެ ފަރަގު ކުޑަކޮށް ދިން ލަނޑު ޖެހީ ހީޖީ ރައިޓް އެވެ. ޕުލުސިޗް ގޯލް ކުރިމައްޗަށް ނެގި ބޯޅަ ރައިޓް ފައިގައި ޖެހިފައި ގޯލްގެ ތެރެަށް ބޯޅަ އޮއްސިގެން ދިޔައީ އެވެ. އޭގެ ކުރިން ވެސް ރައިޓް އަށް ރަނފަޅު ފުރުސަތެއް ލިބުނެވެ. ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ކައިރިން ނައްޓާ ވެސް ލި އެވެ. އެކަމަކު ހުހަށް އޮތް ގޯލްގެ ތެރެއަށް އަމާޒުކޮށް ރައިޓް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ނެަލެންޑްސްގެ ތިން ވަނަ ލަނޑު ޖެހީ ކުރިން ޖެހި ދެ ލަނޑު ޖަހަން ފުރުސަތު ދިން ޑަމްފްރީޒް އެވެ. މެޗުގެ 81 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ބްލިންޑް ތަނަވަސްކޮށްދިން ބޯޅައިންނެވެ.
ކުއާޓާ ފައިނަލުގައި އަންނަ ހޮނޮހިރު ދުވަހުގެ ރޭ ނުކުންނާނީ، އޮސްޓްރޭލިއާ ނުވަ އާޖެންޓީނާ އާ ދެކޮޅަށެވެ. ދެވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ އޮސްޓްރޭލިއާ އާއި އާޖެންޓީނާ ވާދަކުރާނެ އެވެ.
އެއްވަނަ ހޮލެންޑަށް، ސެނެގާލްވެސް ގަދަ 16 އަށް
ނެދަލެންޑްސް އާއި އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
ވާދަވެރި ގުރޫޕުން އިންގްލެންޑާއި އެމެރިކާ ދެމިގެންފި
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު