29 ނޮވެމްބަރ 2022
ދޯހާ (ނޮވެމްބަރު 29) - މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދެވެން އޮތް އިކުއެޑޯގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް އޭ ގެ ދެވަނައިގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ދޯހާ (ނޮވެމްބަރު 29) - މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދެވެން އޮތް އިކުއެޑޯގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް އޭ ގެ ދެވަނައިގައި ސެނެގާލް ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ގަތަރުގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ނެދަލެންޑްސް ވަނީ ގުރޫޕްގެ އެއްވަނަ ހޯދައި ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.
މެޗަށް ނުކުތުމުގެ ކުރިން ގުރޫޕްގެ ދެވަނައިގައި އޮތީ އިކުއެޑޯ އެވެ. ސެނެގާލުން ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ޅީޑް ނެގި ފަހުން ދެވަނަ ހާފުގައި އިކުއެޑޯއިން ނަތީޖާ ހަމަހަމަކޮށް ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ.
މެޗުގެ 44 ވަނަ މިނެޓްގައި ސެނެގާލަށް ޕެނަލްޓީއެއް ލިބުނީ، އިކުއެޑޯގެ ހާފުގެ ތެރެއިން ސެނެގާލްގެ އިސްމާއީލް ސާ އަށް އިކުއެޑޯގެ ޑިފެންޑަރުން ފައުލު ކުރުމުންނެވެ. ޕެނަލްޓީގައި ލަނޑު ޖެހީ ވެސް އިސްމާއީލް ސާ އެވެ.
ނެދަލެންޑްސް އާއި ގަތަރު މިރޭ ކުޅުނު މެޗުގެ ތެރެއިން: ގުރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް ވަނީ ގަދަ 16ގެ ބުރަށް ދަތުރުކޮށްފަ --- ފޮޓޯ: އޭއެފްޕީ
އިކުއެޑޯގެ މޮއިސެސް ކައިސޭޑޯ މެޗުގެ 67 ވަނަ މިނެޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށް އެ ޓީމަށް އުންމީދެއް ހޯދައި ދިނެވެ. އެކަމަކު އެ އުފާވެރިކަމުގައި ހަމަޖެހި ނުލެވިގެން އުޅެނިކޮށް އޭގެ ދެ މިނެޓް ފަހުން ސެނެގާލްގެ ކެޕްޓަން އަދި ޑިފެންޑަރު ކަލީޑޫ ކްލިބާލީ ސެނެގާލްގެ ދެވަނަ ލަނޑު ޖެހި އެވެ.
މުބާރާތުން ކަޓައިފައިވާ ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯ ޖެހީ ޑޭވީ ކްލާސަން ދިން ބޯޅަ އަކުންނެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑު ހާފު ފެށިގެން ހަތަރުވަނަ މިނެޓްގައި ޖެހީ ފްރޭންކީ ޑި ޔޯން އެވެ.
ދެވަނަ ބުރުގައި ނެދަލެންޑްސް ބައްދަލު ކުރާނީ ގުރޫޕް ބީގެ ދެވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. މިވަގަުތު ދެވަނައިގައި އޮތީ އިރާން އެވެ. ސެނެގާލް ވާދަކުރާނީ ގުރޫޕްގެ އެއްވަނަ ޓީމާ ދެކޮޅަށެވެ. މިވަގުތު އެއްވަނައިގައި އޮތީ އިންގްލެންޑެވެ. އެކަމަކު މިރޭ އެ ގުރޫޕްގެ ފަހު މެޗުތަކުގެ ނަތީޖާއިން ޕޮއިންޓް ތާވަލަށް ބަދަލު އައުމަކީ ވެދާނެ ކަމެކެވެ. މިރޭ އިންގްލެންޑް ވާދަކުރާނީ ވޭލްސްއާ ދެކޮޅަށެވެ. އިރާން ވާދަ ކުރާނީ އެމެރިކާ އާ ދެކޮޅަށެވެ. ދެ މެޗު ވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
ނެދަލެންޑްސް އާއި އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް
ސައުދީ އާއި ޖަޕާންގެ ނަތީޖާއިން ގަތަރަށް ހިތްވަރު
ފަހު ވަގުތު ނެދަލެންޑްސްއިން ސެނެގާލް ހިތްދަތިކޮށްލައިފި
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު