21 ނޮވެމްބަރ 2022
ދޯހާ (ނޮވެމްބަރު 21) - ފަހު ވަގުތު ސެނެގާލް ކޮޅަށް ވައްދާލި ލަނޑުން މޮޅަކާ ނެދަލެންޑްސްއިން ވޯލްޑް ކަޕް ފަށައިފި އެވެ.
ދޯހާ (ނޮވެމްބަރު 21) - ފަހު ވަގުތު ސެނެގާލް ކޮޅަށް ވައްދާލި ލަނޑުން މޮޅަކާ ނެދަލެންޑްސްއިން ވޯލްޑް ކަޕް ފަށައިފި އެވެ.
ގުރޫޕް އޭ ގެ ދެވަނަ މެޗުގައި މިރޭ ކުޅުނު މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ ސެނެގާލުންނެވެ. އެކަމަކު ހޮލެންޑްގެ ގައުމީ ޓީމުން އަލަށް ފުރުސަތު ދިން ކީޕަރު އެންޑްރީސް ނޮޕާޓް ވަނީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ 84 ވަނަ މިނެޓްގައި ނެދަލެންޑްސްގެ ލަނޑު ޖެހީ ކޯޑީ ގަކްޕޯ ބޮލުން ވައްދާލި ލަނޑުންނެވެ. ފްރެންކީ ޑި ޔޯން ނެގި ހުރަސް ދިފާއު ކުރަން ސެނެގާލްގެ ކީޕަރު އެޑްއާޑް މެންޑީ އެރި ނަމަވެސް ގަކްޕޯ ވަނީ ކީޕަރަށް ވެސް ފުރުސަތު ނުދީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް: ގައުމީ ޓީމަށް އަލަށް ފުރުސަތު ދިން ކި÷ަރު ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ --- ފޮޓޯ: އޭއެފްޕީ
ސެނެގާލްގެ ޓީމުގެ ސްޓާ ފޯވާޑް ސެޑިއޯ މާނޭ ނެތި ކުޅެން ޖެހުނު ނަމަވެސް ހަމަލާތަކުގައި ސެނެގާލް ފެނުނީ ނުރައްކާ ކޮށެވެ. އެ ހަމަލާތައް ހުއްޓުވުމުގައި ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް މޮޅު ސޭވްތަކެއް ކުރި އެވެ.
ނެދަލެންޑުން ލީޑް ނެގި ފަހުން ސެނެގާލްގެ ޕޭޕް ގުއެއީ ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތިރީ ކަނަށް އަމާޒުވާން ދިއުމުން ވެސް ނޮޕާޓް ވަނީ ޑައިވްކޮށް އަތުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
ނެދަލެންޑްގެ ދެވަނަ ލަނޑު ޖެހީ ޑޭވިޑް ކްލާސަން އެވެ. ސެނެގާލްގެ މުޅި ޓީމުހެން ކުރިއަށް ޖެހިގެން ތިބި ވަގުތު މެންފިސް ޑި ޕާއީ ދިން ކައުންޓަ އެޓޭކު ފުރުސަތުގައި އަރައި ކްލާސަން ވަނީ ސެނެގާލްގެ ހޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
އެއްވަނަ ހޮލެންޑަށް، ސެނެގާލްވެސް ގަދަ 16 އަށް
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
ސެނެގާލް ކޯޗު ބަލިވެއްޖެ، މެޗުގައި ބެންޗުން ނުފެނިދާނެ
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
ނެދަލެންޑްސް އާއި އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި
12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް
ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް