ކުރީގެ މަޝްހޫރު ފޯވާޑް ރޮބިން ވެން ޕާސީ އަތުގައި އޮންނަ ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މެމްފިސް ޑިޕާއީ މުގުރާލައިފި އެވެ.
ކުރީގެ މަޝްހޫރު ފޯވާޑް ރޮބިން ވެން ޕާސީ އަތުގައި އޮންނަ ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މެމްފިސް ޑިޕާއީ މުގުރާލައިފި އެވެ.
މިހާރު ބްރެޒިލްގެ ކޮރިންތިއަންސް އަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ޑިޕާއި މި ރެކޯޑް މުގުރާލީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލިތުއޭނިއާ އަތުން ރަށުން ބޭރުގައި 3-2 އިން މޮޅުވި މެޗުގަ އެވެ. މި މެޗުގައި އޭނާ ޖެހި ދެ ގޯލާއެކު ވަނީ 104 މެޗުން 52 ގޯލު ހަމަކޮށްފަ އެވެ. ގައުމީ ޓީމަށް 102 މެޗު ކުޅެދިން ވެން ޕާސީ ވަނީ 50 ލަނޑު ޖަހައިފަ އެވެ.
ވެން ޕާސީގެ ރެކޯޑް މުގުރާލަން ޑިޕާއި ވަނީ، ރަށުން ބޭރުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި ކުއަންޓިން ޓިމްބާ އެ ޓީމަށް ލީޑު ފުޅާ ކޮށްދިން ނަމަވެސް ހާފު ނިމުމުގެ ކުރިން ލިތުއޭނިއާ ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނެދަލެންޑްސް މެޗުން މޮޅުވި ލަނޑު ޑިޕާއި ޖަހައިދިނީ 63 ވަނަ މިނިޓުގަ އެވެ.
ޑިޕާއި (މ) ރޭގެ މެޗަށް ފަހު ޓީމުގެ ކުޅޫންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު ނެދަލެންޑްސް ވަނީ ކޮލިފައިން ގުރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްފައިވާ ޕޮލެންޑެވެ. ގުރޫޕްގެ އެއް ވަނަ ޓީމަށް ޖަގަ ޔަގީން ވާއިރު، ދެ ވަނަ ޓީމު ދާނީ ކޮލިފައިންގެ ޕްލޭއޮފް ބުރަށެވެ.
ޕޮލެންޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 3-1 އިން ފިންލެންޑް ބަލިކޮށްފަ އެވެ. މެޗުގައި ޕޮލެންޑްގެ ލަނޑުތައް ޖަހައިދިނީ އެސްޓަން ވިލާގެ ޑިފެންޑަރު މެޓީ ކޭޝް އާއި ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ އިތުރުން ޖަރުމަން ލީގުގައި ކުޅޭ ވިންގާ ޔަކޫބް ކަމީންސްކީ އެވެ.
އަންނަ އަހަރު މުޅިން އަލަށް 48 ޓީމާ އެކު ބާއްވާ ވޯލްޑް ކަޕަށް މިހާތަނަށް 17 ޓީމަކުން ވަނީ ޖާގަ ޔަގީން ކޮށްފަ އެވެ. އެއީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ފުރުސަތު ލިބުނު އުތުރު އެމެރިކާގެ ތިން ގައުމުގެ އިތުރުން، ދެކުނު އެމެރިކާގެ ހަ ގައުމާއި، އޭޝިއާގެ ހަ ގައުމެއްގެ އިތުރުން އޯޝޭނިއާ އާއި އެފްރިކާ ބައްރުން އެއް ގައުމެވެ. ޔޫރަޕުގެ އެއްވެސް ޓީމަކަށް އަދި ފުރުސަތު ނުލިބެ އެވެ.
ކެންސަރު ބަލިން އަހަންނަށް އަރައިގަނެވިއްޖެ: ވެންހާލް
ސްޕެއިނަށް އެފްރިކާ ވޯލްޑް ކަޕް ފައިނަލްގެ ރީޕްލޭއެއް
ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
ފަހަތުން އަރައި ތުރުކީ ބަލިކޮށް ނެދަލެންޑްސް ސެމީ އަށް
ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް
އޮސްޓްރިއާ އަށް އެއްވަނަ، ފްރާންސަށް މޮޅެއް ނުވެވުނު
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ފަހުވަގުތު ޕޮލެންޑްގެ ހިތް ކުދިކުދި ކޮށްލީ ވެހޯސްޓް