23 ނޮވެމްބަރ 2024
ނިޔޯން (ނޮވެމްބަރު 23) - ޔޫއެފާ ނޭޝަންސް ލީގު 2024/2025ގެ ކުއާޓާ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އަށް ނެދަލެންޑްސްއާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.
ނިޔޯން (ނޮވެމްބަރު 23) - ޔޫއެފާ ނޭޝަންސް ލީގު 2024/2025ގެ ކުއާޓާ ފައިނަލްގައި، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އަށް ނެދަލެންޑްސްއާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.
ކުރިއަށް މިދަނީ ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރުވަނަ ސީޒަނެވެ. މި ސީޒަންގެ ލީގު އޭގެ ހަތަރު ގުރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދި ޓީމުތައް އަންނަ އަހަރުގެ މާޗު މަހު ކުޅޭ ކުއާޓާ ފައިނަލްގައި ވާދަކުރާއިރު، ރޭ ވަނީ ކުއާޓާގެ ގުރުއަތުލުން ބާއްވައިފަ އެވެ.
އެގޮތުން 2021 ގައި ޗެމްޕިއަންކަން ހޯދި ފްރާންސް ވާދަކުރަން ޖެހެނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އަދި އެންމެ ފުރަތަމަ 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ވާދަކުރާނީ ޑެންމާކާ ދެކޮޅަށެވެ. ދެން ވާދަކުރާނީ އިޓަލީ އާއި ޖަރުމަނެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އިން ނެދަލެންޑްސް 1-0 އިން ބަލި ކުރި ފަހުން ދެ ޓީމު ވަނީ ތިން ފަހަރު ބައްދަލު ކޮށްފަ އެވެ. ނަމަވެސް ތިން ފަހަރު ވެސް ސްޕެއިން އަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ.
ވެން ޕާސީ، 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ގޯލު ޖަހަނީ.-- ފޮޓޯ: އޭޕީ
އެ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ފަހު އެންމެ ފުރަތަމަ ދެ ޓީމު ކުރިމަތިލީ، ޖެހިގެން އައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގަ އެވެ. އެ މެޗު 5-1 ގެ ބޮޑު ތަފާތަކުން ނެދަލެންޑްސް ކާމިޔާބު ކުރި އެވެ. އަދި ޖެހިގެން އައި އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގައި ސެދަލެންޑްސް 2-0 އިން މޮޅުވި އިރު، 2020 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ކުއާޓާ ފައިނަލްގެ މެޗުތައް އަންނަ އަހަރުގެ މާޗު މަހު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ލެގަށެވެ. އަދި ސެމީ ފައިނަލް މެޗުތަކާއި ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު ކުޅޭނީ އަންނަ ޖޫން މަހު، އެއް ލެގަށެވެ.
ނެދަލެންޑްސް އާއި ސްޕެއިން ބައްދަލުކޮށް މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ، ފްރާންސް އާއި ކްރޮއޭޝިއާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގު ފައިނަލްގައި ސްޕެއިން އަތުން ބަލިވި ކްރޮއޭޝިއާ ވަނީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސް އަތުން ބަލިވެފަ އެވެ. އަދި 2022 ގެ ވޯލްޑް ކަޕް ސެމީ ފައިނަލުން ކްރޮއޭޝިއާ ބަލިވީ އާޖެންޓީނާ އަތުންނެވެ.
ނޭޝަންސް ލީގު ބީގައި މި ސީޒަންގައި ވާދަކުރަން ޖެހުނު އިންގްލެންޑް ވަނީ، ގްރީސް އާއި ރިޕަބްލިކް އޮފް އަޔަލެންޑް އަދި ފިންލެންޑާ ވާދަކޮށް ގުރޫޕްގެ އެއްވަނަ ހޯދައި އަލުން ލީގު އޭ އަށް ޕްރޮމޯޓް ވެފަ އެވެ.
މި ސީޒަންގެ ނޭޝަންސް ލީގު އޭގައި ފަސް ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލީގު ބީގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ހަތް ގޯލު ޖަހާފައިވާ ނޯވޭގެ އާލިން ހާލަންޑެވެ. އަދި ލީގު ސީގެ އެއްވަނައިގައި އޮތީ ސްވިޑެންގެ ވިކްޓޯ ގިޔޯކެރޭސް އެވެ. ލީގު ޑީގެ އެންމެ ކުރީގައި ޖިބްރާލްޓާ އާއި ސެން މެރީނޯގެ ކުޅުންތެރިއެއް އޮތީ ދެ ގޯލުޖަހައިގެންނެވެ.
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ
11 އަހަރަށްފަހު ސްޕެއިން ޔޫރަޕްގެ ފުޓްބޯޅައިގެ އުހަށް
އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް
ނެދަލެންޑްސް ބަލިކޮށް ކްރޮއޭޝިއާ ފައިނަލަށް
ނޭޝަންސް ލީގު ސެމީގައި އިޓަލީ އާއި ސްޕެއިން
މޮޅެތި ކުޅުންތެރިން ޕޯޗުގަލްގައި، މެޗު މޮޅުވީ ސްޕޭން
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
ސްވިޒަލެންޑުން ސްޕެއިން ބަލިކޮށްފި، ޕޯޗުގަލް ކުރީގައި