Roadha Mihaaru
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ

ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ

09 ސެޕްޓެމްބަރ 2024

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ވައްދާލި ގޯލުން ސްކޮޓްލެންޑް އަތުން ފަހަތުން އަރައި 2-1 އިން ޕޯޗުގަލް މޮޅުވިއިރު، ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ގްރޫޕް ހަތަރެއްގައި ސްވިޒަލެންޑުގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ވައްދާލި ގޯލުން ސްކޮޓްލެންޑް އަތުން ފަހަތުން އަރައި 2-1 އިން ޕޯޗުގަލް މޮޅުވިއިރު، ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުން ގްރޫޕް ހަތަރެއްގައި ސްވިޒަލެންޑުގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ.

ރޭގެ މެޗުގައި ވެސް ޕޯޗުގަލްގެ ތަފާތަކަށްވީ، ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވިއިރު ކެރިއަރުގެ 900 ވަނަ ލަނޑު ޖެހި ރޮނާލްޑޯ އެވެ. ލިޒްބަންގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓުގައި ސްކޮޓްލެންޑުގެ ސްކޮޓް މެކްޓޮމިނޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ގިނަ އަހަރުތަކެއް ކުޅެދިނުމަށް ފަހު ނަޕޯލީ އަށް ބަދަލުވެފައިވާ މެކްޓޮމިނޭ ނެގި ލީޑު ޕޯޗުގަލުން ކެންސަލްކުރީ 54 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދިނީ 88 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ޕޮލެންޑް އަތުން 1-0 އިން ކްރޮއޭޝިއާ ވަނީ މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ގޯލް 52 ވަނަ މިނެޓުގައި ޖެހީ އަބަދަށްފެހި ކެޕްޓަން ލޫކާ މޮޑްރިޗެވެ.

ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ހަ ޕޮޮއިންޓާ އެކު އެއް ވަނައިގައި އޮތީ ޕޯޗުގަލް އެވެ. ކްރޮއޭޝިއާ އާއި ޕޮލެންޑް، ކޮންމެ ޓީމެއް ތިން ޕޮއިންޓް ހޯދާފައިވާއިރު ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެން ދެ ވަނައިގައި އޮތީ ކްރޮއޭޝިއާ އެވެ. ސްކޮޓްލެންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ސްޕެއިނުގެ ރުއިޒް (ކ) ލަނޑު ޖެހުމުން އޭނާ އަށް ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ ރުއިޒް (ކ) ލަނޑު ޖެހުމުން އޭނާ އަށް ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

ގްރޫޕް ހަތަރެއްގައި ސްވިޒަލެންޑް އަތުން ސްޕެއިން 4-1 އިން މޮޅުވީ މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެގެންނެވެ. ޖެނީވާގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖޮސެލޫ ވަނީ ސްޕެއިނަށް ކުރި ހޯދައިދީފަ އެެވެ. އަދި 13 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް 20 ވަނަ މިނެޓުގައި ޑިފެންޑަރު ރޮބިން ލެ ނޮމާންޑް އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމަށް އުނދަގޫތަކެއްވި އެވެ. އޭގެ ފައިދާ ނަގައި ސްވިޒަލެންޑުން 41 ވަނަ މިނެޓުގައި ޒެކީ އަމްދޫނީގެ ގޯލުން ތަފާތު ވެސް ކުޑަކުރި އެވެ. ނަމަވެސް 77 ވަނަ މިނެޓުގައި ރުއިޒް، އަދި 80 ވަނަ މިނެޓުގައި ފެރަން ޓޮރޭސް ޖެހި ގޯލްތަކާ އެކު ސްޕެއިނުން މޮޅުވި އެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ސާބިއާ އަތުން 2-0 އިން ޑެންމާކް ވަނީ މޮޅުވެފަ އެވެ. ކޯޕަންހޭގަންގައި ކުޅުނު މި މެޗުގައި ޑެންމާކުގެ ގޯލްތައް ޖަހައިދިނީ އަލްބަޓް ގްރަންބެކް އާއި ޔޫސުފް ޕޯލްސަން އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޑެންމާކެވެ. ސްޕެއިން އޮތީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ސާބިއާ އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްްއިރު ސްވިޒަލެންޑް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ. ތިން ވަނަ އަށް ދާ ޓީމު ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހޭއިރު، ފުލަށްދާ ޓީމު ބީ ލީގަށް ރެލިގޭޓްވާނެ އެވެ.