Roadha Mihaaru
ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް

ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް

02 ޖުލައި 2024

މިއުނިކް (ޖުލައި 2) - ލިވަޕޫލަށް ކުޅޭ ފޯވާޑް ކޮޑީ ގަކްޕޯގެ މޮޅު ކުޅުމާއެކު 3-0 އިން ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއުނިކް (ޖުލައި 2) - ލިވަޕޫލަށް ކުޅޭ ފޯވާޑް ކޮޑީ ގަކްޕޯގެ މޮޅު ކުޅުމާއެކު 3-0 އިން ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ނެދަލެންޑްސް ކުއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ރޮމޭނިއާ އެންމެ ފަހުން ކުއާޓާ އަށް ދަތުރުކުރީ 2000 ވަނަ އަހަރެވެ.

ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި ނެދަލެންޑްސް ނޮކައުޓް ބުރަށް ކޮލިފައިވިއިރު، ރޮމޭނިއާ ވަނީ ވާދަކުރި ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.

ނެދަލެންޑްސް ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ގަކްޕޯގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ނެދަލެންޑްސް އިން ހޯދި ނަމަވެސް ފުރަތަމަ ހާފުގައި އެޓީމަށް އިތުރު ގޯލެއް ނުޖެހުނެވެ.

ދެވަނަ ހާފުގައި ނެދަލެންޑްސް އިން ލީޑު ފުޅާކުރީ ގަކްޕޯގެ ޕާހަކުން ޑޮންޔެލް މޭލެން ޖަހައިދިން ގޯލުންނެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ވެސް މޭލެން އެވެ.