25 ނޮވެމްބަރ 2022
ނެދަލެންޑްސް އާއި އިކުއެޑޯ މިރޭ ކުޅުނު މެޗު އެއްވަރުވެ ދެވަނަ ބުރަށް ދިއުމުގެ އިންތިޒާރު ދިގު ވެއްޖެ އެވެ.
ނެދަލެންޑްސް އާއި އިކުއެޑޯ މިރޭ ކުޅުނު މެޗު އެއްވަރުވެ ދެވަނަ ބުރަށް ދިއުމުގެ އިންތިޒާރު ދިގު ވެއްޖެ އެވެ.
މި ދެ ޓީމު ކުޅުު ފުރަތަމަ މެޗުގައި ޟޮލުވެފައި ވުމުން، މިރޭގެ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނެ އެވެ.
މި ނަތީޖާއިން އެންމެ ބޮޑު ހިތްދަތި ކަމެއް ކުރިމަތިވާނީ ގަތަރަށެވެ. މި ގުރޫޕުގެ ފުލުގައި އޮތް އެ ޓީމު ވަނީ މިހާރު ކަޓައިފަ އެވެ.
ނެދަލެންޑްސްއިން ވަނީ ފުރަތަމަ ހާފުގެ ހަވަނަ މިނެޓްގައި ލީޑް ނަގައިފަ އެވެ. އެ ލަނޑު ޑޭވްސް ކާލސެން ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެހީ ކޯޑީ ގަކްޕޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިކުއެޑޯ އަށް ލަނޑު ޖެހުނު ކަމަށް ހީކޮށް އުފާފާޅު ވެސް ކުރި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕާވިސް އެސްޓޫޕިނަން އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނުމުން ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ބަލައި އިކުއެޑޯގެ ކުޅުންތެރިން އުފާފާޅު ވެސް ކުރި އެވެ.
ނަމަމަވެސް ވީއޭއާރް އޮފިޝަލުންނާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ނިންމީ އިކުއެޑޯގެ ކުޅުންތެރިޔަކު އޮފްސައިޑް ޕޮޒިޝަނެއްގައި ހުރި ކަމަށެވެ. އެސްޓޫޕިނަން ބޯޅަ ފޮނުވާލިރު އޭނާގެ ޓީމުގެ އެހެން ކުޅުންތެރިއަކު ނެދަލެންޑސްގެ ކީޕަރު ކުރިމަތީގައި ހުރެ އޭނާގެ ކީޕަރަށް ބޯޅަ ފެންނަ ރޮނގު ހުއްޓުވައިގެން ހުއްޓެވެ، އެހެންވެ ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
އިކުއެޑޯއިން ލީޑް ނެގީ ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހީ އެނާ ރަމްބާޓޯ ވެލެންސިއާ އެވެ. އޭނާ ލަނޑު ޖެހީ އިކުއެޑޯއިން ފޮނުވާލި ހަމަލާ ނެދަލެންޑްސްގެ ކީޕަރު ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ކީޕަރު އެންޑްރީސް ނޮޕާޓް ކުރިމަތީގައި ހުރެ ގޯލަށް ފޮނުވައިލައިގެންނެވެ. ނޮޕާޓް ވަނީ ވެލެންސިއާ އޮފްސައިޑް ވެފައިވާ ކަމަށް ބުނެ އެޕީލް ކޮށްފަ އެވެ. އެކަމަކު އެއީ ސައްހަ ގޯލެކެވެ.
އެއްވަނަ ހޮލެންޑަށް، ސެނެގާލްވެސް ގަދަ 16 އަށް
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު
ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
އިޓަލީ އަށް ވޯލްޑް ކަޕުގެ ފުރުސަތު ލިބިދާނެ!
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
ޑިޔޯން އަށް އަނިޔާވެ ޔޫރޯގައި ނުކުޅެވޭނެ
ޖަމަލު ހުން ފެތުރޭތީ ފްރާންސްގެ ޓީމަށް ބިރު