10 ޑިސެމްބަރ 2022
ލުސައިލް (ޑިސެމްބަރު 10) - ޕެނަލްޓީ ޖަހައިގެން 4-3 ން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ލުސައިލް (ޑިސެމްބަރު 10) - ޕެނަލްޓީ ޖަހައިގެން 4-3 ން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ކޮޅު އޭންހަލް ޑި މާރިއާ ކުޅެން ނުކުތް ހިސާބުން އާޖެންޓީނާގެ ކުޅުން އަނެއް ވެސް ވަރުގަދަ ކުރި އެވެ. ކައިރިކައިރީގަައި އުފެއްދި ހަމަލާތަކުން ނެދަލެންޑްސްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. އެކަމަކު އިތުރު ވަގުތުގައި ވެސް ނަތީޖާ ބަދަލެއް ނުކުރެވުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލެންޑްސްއިން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ބާޖިލް ވެންޑައިކެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއު ކުރި އެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން މެސީ ވައްދާލީ ފަސޭހަ ކަމާއެކު އެވެ. ނެދަލެންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީ ވެސް މާޓިނޭޒް ދިފާއު ކުރި އެވެ. އާޖެންޓީނާގެ ޕެރެޑޭސް އާއި މޮޓެއާލް ވެސް ޕެނަލްޓީ ކާމިޔާބު ކުރި އެވެ. އާޖެންޓީނާގެ ފަސްވަނަ ޕެނަލްޓީ ޖެހި އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެށެވެ. ނެދަލެންޑްސްގެ ޕެނަލްޓީ ލޫކް ޑި ޔޯން ކާމިޔާބު ކުރުމުން ނެދަލެންޑްސް އަށް ދިރުން ލިބުނުހެން ހީވިއަސް އާޖެންޓީނާގެ ފަހު ޕެނަލްޓީ ލައުޓާރޯ މާޓީނޭޒް ވައްދާލުމުން މެޗު އާޖެންޓީނާ އަށް ކާމިޔާބުވި އެވެ.
މެސީ ޖެހި ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަހަމަ ކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮންނާނީ ކުރީގެ ފޯވާޑް ބަޓިސްޓޫޓާ އަތުގަ އެވެ. މެސީ ޖެހި ލަނޑަކީ ވޯލްޑް ކަޕުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. ބޮކާ ޖޫނިއާސް އާއި ރިވަ ޕްލޭޓްގެ ކުރީގެ ފޯވާޑް ބަޓިސްޓޫޓާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުނު 12 އަހަރު ތެރޭ ވޯލްޑް ކަޕުގައި 10 ލަނޑު ޖަހައިފަ އެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑު ޕެނަލްޓީން ޖެހުމުގެ އިތުރަށް މެސީ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހަން ވެސް ނަހުއެލް މޮލީނާ އަށް ފުރުސަތު ތަނަވަސް ކޮށް ދީފަ އެވެ. މެޗުގެ 35 ވަނަ މިނެޓްގައި މެސީ އަށް ލިބުނު ބޯޅަ އޭރިއާ ތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ބޯޅަ ދިނީ މޮލީނާ އަށެވެ. އޭނާ ވަނީ އޭރިއާގެ ތެރޭގައި ހުރެފައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
މެސީ ޕެނަލްޓީން ލަނޑު ޖެހީ 73 ވަނަ މިނެޓްގަ އެވެ އޭގެ ކުރިން ހިލޭ ޖެހުމަކުން ވެސް އޭނާ ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ އެވެ. ދެވަނަ ހާފު ފެށިގޮތަށް އެ ޓީމުގެ ރޮޑްރީގޯ ޑި ޕޯލް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ.
އާޖެންޓީނާ ދެވަނަ ލަނޑު ޖެހުމާ ހަމަ އަށް އެ ޓީމުން މުޅި މެޗު ކޮންޓްރޯލް ކުރި އެވެ. އެކަމަކު އިތުރު ވަގުތުގެ 10 މިނެޓާއެކު ފަހު 20 މިނެޓްގައި ނެދަލެންޑްސްގެ ހަމަލާތައް ފެނުނީ ނުރައްކާކޮށެވެ.
މެޗުގައި ނެދަލެންޑްސްގެ ލަނޑު ވައުޓް ވެހޯސް ޖެހީ 83 ވަނަ މިނެޓްގައި ސްޓީވަން ބާގްހުއީސް ނެގި ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ނެދަލެންޑްސް އަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖެހީ ވެސް ވައުޓް ވެހޯސް އެވެ.
ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހު އާޖެންޓީނާ ނުކުންނާނީ މިރޭ ބްރެޒިލް ކަޓުވާލުމަށް ފަހު ސެމީގެ ޖާގަ ހޯދީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
ޑި މާރިއާ އާއި ވެން ހާލްގެ ބަހުގެ ހަމަލާތަކެއް
މެސީގެ މިފަދަ ފޮޓޯއަކަށް އާޖެންޓީނާ ކުރާ އުއްމީދު
ފާޑުކިޔުންތަކުން ދެ ކޯޗުންނަށްވެސް ސަލާމެއްތެއް ނުވެވުނު
މެސީގެ 1000 ވަނަ މެޗުގައި އާޖެންޓީނާ ކުއާޓާއަށް
އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލަށް
އެއްވަނަ ހޮލެންޑަށް، ސެނެގާލްވެސް ގަދަ 16 އަށް
ނެދަލެންޑްސް އާއި އިކުއެޑޯ އެއްވަރު، ގަތަރު ކަޓައިފި
ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު