އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު އިރާނުން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
26 މާޗް 2025
އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު އިރާނުން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް އައިރު ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރަން އިރާނަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެވެ.
ވެރިރަށް ތެހެރާންގައި ކުޅުނު މެޗު އުޒްބެކިސްތާން އަތުން އިރާން ޕޮއިންޓެއް ހޯދީ 2-2 ން މެޗު އެއްވަރުކޮށްގެންނެވެ.
އިރާންގެ ދެ ލަނޑު ވެސް ޖެހީ އިންޓަ މިލާންގެ ފޯވާޑް މަހްދީ ތަރޭމީ އެވެ.
އިރާންގެ ފަހަތުން ގުރޫޕް އޭ ގެ ދެވަނައިގައި އޮތް އުޒުބެކިސްތާން މެޗުން މޮޅުވިނަމަ، އެ ޓީމަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭނެ އެވެ.
އެ ޓީމުން ދެ ފަހަރު ލިޑް ނެގި އިރު ވެސް ތަރޭމީ އިރާނަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
އެމެރިކާގައި ދެވަނަ ފަހަރަށް ބާއްވާ ވޯލްޑް ކަޕަށް އިރާނުން ކޮލިފައިވި އިރު، ދެ ގައުމުގެ ދެމެދުގައި ވަނީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފަ އެވެ.
އިރާނުން މަދަދާއި އެހީ ދޭ ޔަމަނުގެ ހޫތީންނާ ދެކޮޅަށް، އެމެރިކާއިން ވަނީ ހަނގުރާމަ ފަށާފަ އެވެ. ވަނީ ހޫތީން އިތުރަށް ދޭ ހަމަލާއެއްގެ ބަދަލު އިރާނާ ދެކޮޅަށް ވެސް ހިފަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
އިރާނުން ދަނީ 2010 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕުން ޖާގަ ހޯދަމުންނެވެ. މި ގަރުނުގައި އެ ޓީމަށް މުބާރާތުން ފުރުސަތު ގެއްލުނީ އޭޝިއާގައި ފުރަތަމަ ބޭއްވި ވޯލްޑް ކަޕުގަ އެވެ.
ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ގެ ވޯލްޑް ކަޕަށް އިރާން ކޮލިފައި ނުވި އެވެ. އެ ފަހަރު އޭޝިއާގެ ކޮލިފައިންގެ ފުރުސަތު ލިބުނީ ސައުދީ އަރަބިއާ އާއި ޗައިނާ އަށެވެ.
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލްވެއްޖެ
ގައުމީސަލާމް ކިޔައި އިރާން ޓީމުގެ އިހުތިޖާޖަށް ނިމުން
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު
ފާޑުކިޔުންތަކުގެ ތެރޭގައި އޮތް އިންގްލެންޑް މޮޅުވެއްޖެ
އީރާން ނިއުކްލިއާ ބޮމަކާ އެހާ ދުރެއްނޫން: އައިއޭއީއޭ
އީރާނުން ނިއުކްލިއާ ބޮމެއް ހެދިޔަކަނުދޭނަން: ޕެންޓަގަން
ނިއުކްލިއާ މައްސަލާގައި އެމެރިކާ-އީރާން މަޝްވަރާ ފަށަނީ
15 އަހަރަށް ފަހު ނިއު ޒިލެންޑް ވޯލްޑަ ކަޕަށް
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ