އެމެރިކާއިން ދިން ހަމަލާތަކުގައި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންވިޔަސް ޔޫރޭނިއަމް މުއްސަނދިކުރުމެއް ވެސްް އަދި ނިއުކްލިއާ ޕްރޮގްރާމްގެ އެހެން މަސައްކަތެއް ވެސް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ދިން ހަމަލާތަކުގައި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންވިޔަސް ޔޫރޭނިއަމް މުއްސަނދިކުރުމެއް ވެސްް އަދި ނިއުކްލިއާ ޕްރޮގްރާމްގެ އެހެން މަސައްކަތެއް ވެސް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވެއްޖެ އެވެ.
"[ޔޫރޭނިއަމް ފައްކާކުރުން] މި ވަގުތަށް ވަނީ ހުއްޓިފައި. ތެދެއް. އެއީ ލިބުނު ގެއްލުން ބޮޑުވެފައި ސީރިއަސްކަމުން،" ފޮކްސް ނިއުސްގެ ޝޯއެއްގައި އަރަގްޗީ ވިދާޅުވި އެވެ.
"އެކަމަކު ކަށަވަރުވާ ކަމަކީ ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ދޫކޮށްނުލާނެކަން. ސަބަބަކީ އެއީ އަޅުގަނޑުމެންގެ އަމިއްލަ ސައިންސްވެރިންގެ ބޮޑު ކާމިޔާބީއަކަށްވާތީ،" އެއީ ގައުމީ ފަހުރެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައި ކުރާ ކޮންމެ މަޝްވަރާއެއްގައި ވެސް ޔޫރޭނިއަމް އުފެއްދުމުގެ މަސައްކަތް އެގޮތުގައި ބޭއްވުމަށް ޝަރުތުކުރާނެ ކަމަށެވެ.
މުއްސަނދިކޮށްފައިވާ އެއްވެސް ޔުރޭނިއަމެއް، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގެ ތެރޭގައި ރައްކާކުރެވުނުތޯ ސުވާލު ކުރުމުން އަރަގްޗީ ވިދާޅުވީ ތަފްސީލީ މައުލޫމާތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ނިއުކްލިއާ މެޓީރިއަލްތަކަށް ވީ ގޮތެއް ދެނެގަތުމުގެ މަސައްކަތް އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ އިޒްރޭލުގެ 12 ދުވަހުގެ އަސްކަރީ ހަމަލާއަށް އެހީތެރިވުމުގެ ގޮތުން އީރާނުގެ ނިއުކްލިއާ ތިން ފެސިލިޓީއަކަށް ބޮން އަޅައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެ ހަމަލާތައް ކާމިޔާބު ކަމަށާއި ނިއުކްލިއާ މަރުކަޒުތައް އެއްކޮށް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
އަރަގްޗީ ވާހަކަ ދައްކަވާފައި މި ވަނީ އީރާނުން ޖަރުމަނާއި ފްރާންސް އަދި އިނގިރޭސިވިލާތާ އެކު ހުކުރު ދުވަހު އިސްތަންބޫލުގައި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އާ މަޝްވަރާތަކެއް ކުރުމަށް ތައްޔާރުވަމުން އަންނަ ވަގުތެއްގަ އެވެ. -- އޭއެފްޕީ
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އައިއޭއީއޭ އަށް އެއްބާރުލުން ނުދޭން އީރާނުން ފާސްކޮށްފި
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
އީރާން ނިއުކްލިއާ ބޮމަކާ އެހާ ދުރެއްނޫން: އައިއޭއީއޭ
އީރާނުން ނިއުކްލިއާ ބޮމެއް ހެދިޔަކަނުދޭނަން: ޕެންޓަގަން
ނިއުކްލިއާ މައްސަލާގައި އެމެރިކާ-އީރާން މަޝްވަރާ ފަށަނީ
ބިރުދައްކާ ނަމަ މަޝްވަރާއެއް ނުކުރާނަން: އީރާން
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި