އީރާންގެ ނިއުކްލިއާ މަޝްރޫއު އޮތީ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ގާބިލްކަން ލިބުމާ "އެހާ ދުރަކު ނޫން" ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ރަފެއަލް ގްރޯސީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު އޮތީ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ގާބިލްކަން ލިބުމާ "އެހާ ދުރަކު ނޫން" ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ރަފެއަލް ގްރޯސީ ވިދާޅުވެއްޖެ އެވެ.
ނިއުކްލިއާ ހަކަތައިގެ ކަންކަން ބަލަހައްޓާ އދ.ގެ އިދާރާގެ ވެރިޔާ ލެ މޮންޑޭ އަށް ދެއްވި އިންޓަވިއުއެއްގައި ބުދަ ދުވަހު މިހެން ވިދާޅުވީ އީރާނަށް ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް އީރާނުން އަދިވެސް ކުރަންޖެހޭ މަސައްކަތް އެބަހުރި ކަމަށާއި އެކަމަކު "އެ ގައުމު އޮތީ [ނިއުކްލިއާ ބޮމެއް އުފެއްދުމާ] މާ ދުރުގައި ނޫންކަން ގަބޫލުކުރަންޖެހޭ" ކަމަށެވެ.
ނިއުކްލިއާ ހަތިޔާ އުފެއްދުމަކީ "ޖިގްސޯ ޕަޒުލްއެއް" ގޮތަށް ސިފަކުރައްވަމުން ގްރޯސީ ވިދާޅުވީ އީރާންގައި "ބައިތައް އެބަހުރި" ކަމަށާއި އެންމެ ފަހުން އޮންނާނީ އެ ހުރިހާ ބައިތަކެއް އެއްކޮށްލުން ކަމަށެވެ.
އެމެރިކާއިން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން މަސައްކަތްކުރާ މި ދަނޑިވަޅު ގްރޯސީ އީރާނަށް ވަޑައިގަންނަވަނީ އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށެވެ.
އެކި ގައުމުތައް ބައިވެރިކުރުވައިގެން އެމެރިކާއިން އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޑޮނަލްޑް ޓްރަމްޕް 2015 ވަނަ އަހަރު އެމެރިކާ ވަކިކުރި ނަމަވެސް އައިއޭއީއޭ އަށް އަދިވެސް އޮތީ އެ އެއްބަސްވުމަށް އީރާނުން އަމަލުކުރޭތޯ ބެލުމުގެ ޒިންމާ ހަވާލުވެފަ އެވެ.
ނިއުކްލިއާ އޭޖެންސީގެ މަންދޫބުންގެ ހުއްދަ ބާތިލުކޮށްފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އީރާނުން އދ. އަށް އެއްބާރުލުން ދޭން ނިންމައިފި
21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ
އެއްބަސްވުމެއް ނެތި، ނިއުކްލިއާ އެކުވެނިތައް ނުބެލޭނެ
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އީރާންގެ ނިއުކްލިއާ ކާރުހާނާގައި ސީސީޓީވީ ހަރުކުރަނީ
ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑު
އެޓަމިކް ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ އީރާނަށް
އީރާނުން ނިއުކްލިއާ ބޮމެއް ހެދިޔަކަނުދޭނަން: ޕެންޓަގަން