އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މަދު މަސްދުވަސްތަކެއްގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އދ.ގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވިޔަސް ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މަދު މަސްދުވަސްތަކެއްގެ ތެރޭގައި އަލުން ފެށޭނެ ކަމަށް ބެލެވޭ ކަމަށް އދ.ގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު ހަމަލާދޭން ފަށައި 12 ދުވަސް ވަންދެން ވަރުގަދަ ހަމަލާތައް ދީފައިވެ އެވެ. މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވަން ދިން ހަމަލާތަކެއް ކަމަށް ބުނާއިރު އީރާނުން އަބަދުވެސް ބުނަމުން އަންނަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ އެ ގައުމުގެ މަގްސަދެއް ނޫން ކަމަށެވެ.
އީރާނުގެ ފޮރިން މިިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ނިއުކްލިއާ ސައިޓްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލުތައް އަދި ސާފުނުވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "އެތައް ޒަމާންތަކަކަށް" ލަސްކޮށްލެވިއްޖެކަން ކަށަވަރު ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓާ ޖެނެރަލް ގްރޮސީ ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިއުކްލިއާ މަސައްކަތް އެއްކޮށް ހުއްޓުމަކަށް ނާންނަ ކަމަށެވެ.
"އެ މީހުންނަށް އެކަން ވާނެ ... އެކަމަށް ހޭދަވާނީ މަސްތަކެއް. އަޅުގަނޑު ދަންނަވާނީ އަދިވެސް ބައެއް ސެންޓްރިފިއުޖްތަކުން ދަނީ ފައްކާކޮށްފައިވާ ޔުރޭނިއަމް އުފައްދަމުންނޭ ...،" ގްރޮސީ ދެއްވި އިންޓަވިއެއްގެ ޓްރާންސްކްރިޕްޓުގައިވެ އެވެ.
އަނެއް މުހިންމު ސުވާލަކަށް ވެފައިވަނީ ވަރަށް ބޮޑަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ 408.6 ކިލޯގްރާމްގެ ތެރެއިން ބައެއް ނުވަތަ ހުރިހާ އެއްޗެއް ހަމަލާތަކުގެ ކުރިން އީރާނުން އެހެން ތަންތަނަށް ބަދަލުކުރެވުނުތޯ އެވެ.
މި ޔޫރޭނިއަމް އަކީ 60 ޕަސެންޓަށް ފައްކާކޮށްފައިވާ އެއްޗަކަށް ވާއިރު މިއީ މަދަނީ ކަންކަމަށް ބޭނުންކުރާ ވަރަށް ވުރެ މަތީ މިންގަނޑެކެވެ. އެކަމަކު އެއީ އަދިވެސް ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ގްރޭޑެއް ނޫނެވެ. އެ މެޓީރިއަލް އިތުރަށް ޕްރޮސެސްކޮށްފި ނަމަ ނުވަ ނިއުކްލިއާ ބޮން އެއިން އުފެއްދޭނެ ކަމަށް ބެލެވެ އެވެ.
"އެ މެޓީރިއަލް ވީ ކޮން ތާކު ކަމެއް ނޭނގެ،" ގްރޮސީ ވިދާޅުވި އެވެ.
"ހަމަލާތަކުގައި އޭގެ ބައެއް ހަލާކުވެފައި ވެދާނެ. އެކަމަކު އޭގެ ބައެއް ނަމަވެސް ރައްކާކުރެވިފައި ވެދާނެ. އެހެންވެ ކޮންމެވެސް ހިސާބަކުން މިކަން ކަށަވަރުވާން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދިން އިރު އެންމެ ކުޑަމިނުން އެކަން ކުށްވެރިކޮށްލަން އައިއޭއީއޭއަށް ނުކުރެނު ކަމަށް ބުނެ އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ އައިއޭއީއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލަން ފާސްކޮށްފަ އެވެ. އެހެންވެ ނިއުކްލިއާ މަރުކަޒުތަކަށް ލިބުނު ގެއްލުން ބެލުމަށް އެ ތަންތަނަށް ޒިޔާރަތްކުރުމުގެ ހުއްދަ ވެސް ނުދޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ތިބެން ޖެހޭނީ އެ ޔުރޭނިއަމް ކޮބައިތޯ، ވީ ކިހިނެއްތޯ އެނގޭ ހާލަތެއްގައި،" ގްރޮސީ ވިދާޅުވި އެވެ.
އައިއޭއީއޭގެ ވެރިޔާ މިހެން ވިދާޅުވެފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އީރާނުން ފައްކާކޮށްފައި ހުރި ޔުރޭނިއަމް ހަމަލާގެ ކުރިން އެހެން ތަނަކަށް ގެންދެވުނު ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.
"އެއީ ވަރަށް އުނދަގޫކަމެއް އަދި ހަމަލާގެ ކުރިން އީރާނަށް އެކަން މާކުރިއަކުން ނުވެސް އަންގަން،" ޓްރަމްޕު ވިދާޅުވި އެވެ. "އެ މީހުން އެއްވެސް އެއްޗެއް [އެތަނަކުން] ނުގެންދޭ."
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އީރާނުގައި އައިއޭއީއޭ އިން ކުރާ މަސައްކަތަށް އެމެރިކާގެ ތާއީދު އޮތްކަން ފާހަގަކުރައްވައި ގްރޮސީ އާއި އޭނާގެ އެޖެންސީގެ ޕްރޮފެޝަނަލިޒަމަށް ތައުރީފް ކުރައްވައިފަ އެވެ. -- އޭއެފްޕީ
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އައިއޭއީއޭ އަށް އެއްބާރުލުން ނުދޭން އީރާނުން ފާސްކޮށްފި
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
އީރާން ނިއުކްލިއާ ބޮމަކާ އެހާ ދުރެއްނޫން: އައިއޭއީއޭ
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
ނިއުކްލިއާ އޭޖެންސީގެ މަންދޫބުންގެ ހުއްދަ ބާތިލުކޮށްފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އިޒްރޭލުން ބާރުދައްކަނީ އެތެރޭގެ ބައިބައިވުން ފޮރުވަން
އީރާނުން އދ. އަށް އެއްބާރުލުން ދޭން ނިންމައިފި