އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއިން އީރާނާ އެކު ސީދާ ގޮތެއްގައި، މަތީ ފަންތީގެ މަޝްވަރާތައް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއިން އީރާނާ އެކު ސީދާ ގޮތެއްގައި، މަތީ ފަންތީގެ މަޝްވަރާތައް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ޓްރަމްޕު މިކަން ހާމަކުރެއްވި އިރު އީރާނުން ވަނީ އެމެރިކާއާ ސީދާ ގޮތެއްގައި މަޝްވަރާ ނުކުރާނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ބުނެފަ އެވެ.
ޓްރަމްޕު ވަނީ އީރާނާ އެކު ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވަނީ މަޝްވަރާތައް ފެއިލްވެއްޖެ ނަމަ އީރާނަށް އޮތީ ނުރައްކާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން އީރާނުން ވަނީ އޮމާންގައި، އަންނަ ހޮނިހިރު ދުވަހު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެއީ ނުސީދާކޮށް ކުރިއަށް ގެންދާ މަޝްވަރާތަކެއް ކަމަށް ބުންޏެވެ.
"އީރާނާއި އެމެރިކާއިން އޯމާންގައި ހޮނިހިރު ދުވަހު، މަތީ ފެންވަރުގެ މަޝްވަރާތައް، ނުސީދާކޮށް ފަށާނެ،" އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކްސްގައި ލިޔުއްވާފައިވެ އެވެ.
"މިއީ ލިބޭ ފުރުސަތެއް އަދި ޓެސްޓެއް،" އޭނާ ވިދާޅުވި އެވެ. "ބޯޅަ އޮތީ އެމެރިކާގެ އަތުގައި."
ބިރުދައްކާ ނަމަ މަޝްވަރާއެއް ނުކުރާނަން: އީރާން
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު
އެމެރިކާގެ ގޮށްމުށުގެ ބާރަށް އެއްވެސް ހައިސިއްޔަތެއް ނެތް
ނިއުކްލިއާ ޕްރޮގްރާމެއް ނުހުއްޓާނަން: އީރާން
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
އީރާނަށް ލިބުނު ގެއްލުން އިޒްރޭލަށް އަދި ޔަގީނެއް ނުވޭ
އައިއޭއީއޭ އަށް އެއްބާރުލުން ނުދޭން އީރާނުން ފާސްކޮށްފި
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓޭ ވަރު ގެއްލުމެއްނެތް
ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލު މައިތިރިވެއްޖެ
ހަމަލާތައް ހުއްޓާލަން އެއްބަސްވީ ގަތަރުގެ ބަހަށް