05 ޑިސެމްބަރ 2022
އަލް ކޯރު (ޑިސެމްބަރު 5) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލް ގައި އިންގްލެންޑާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވާދަކުރަން ޖެހިއްޖެ އެވެ.
އަލް ކޯރު (ޑިސެމްބަރު 5) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލް ގައި އިންގްލެންޑާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވާދަކުރަން ޖެހިއްޖެ އެވެ.
އިންގްލެންޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ މިރޭ ސެނެގާލާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ ކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
މެޗު ފަށައިގެން ސެނެގާލުން ބޮޑަށް ޕްރެސް ކޮށްގެން ކުޅެ ގޯލު ޖަހާނެ ފުރުސަތު ވެސް ހޯދި އެވެ. އެ ޓީމުގެ އެންމެ ކުރިއަށް ކުޅުނު ފޯވާޑް ބޫލާއޭ ޑިއާ އަށް ހުސްކޮށް ގޯލު ކުރިމަތިން ލިބުނު ފުރުސަތު ގޯލާ އަމާޒުކޮށް ނުލެނުނު އިރު، ފަހުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއު ކުރީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ.
އިންގްލެންޑުން އިތުބާރު ހޯދީ 38 ވަނަ މިނިޓުގައި ޖޫޑް ބެލިންގްހަމްގެ ޕާހަކުން ޖޯޑަން ހެންޑަސަން ކާމިޔާބު ކުރި ގޯލުންނެވެ. އަދި ކައުންޓާ އެޓޭކެއްގައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާ އެކު އިންގްލެންޑުން މެޗުގެ ކޮންޓްރޯލް ހޯދި އެވެ.
ހެރީ ކޭންގެ މި ލަނޑަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލެވެ. އިންގްލެންޑް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ. ރޫނީ ވަނީ ގައުމީ ޓީމަށް 53 ގޯލު ޖަހައިދީފަ އެވެ.
އިންގްލެންޑްގެ ތިން ވަނަ ލަނޑު ފިލް ފޮޑެން ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެޗުގެ 57 ވަނަ މިނިޓުގައި ޖަހައިދިނީ ބުކަޔޯ ސަކާ އެވެ.
އިންގްލެންޑުން ސެނެގާލާ ދެކޮޅަށް މިރޭ ނުކުތް އިރު އެ ޓީމުގެ ފޯވާޑް ރަހީމް ސްޓާލިން އަށް ވަނީ އާއިލީ ކަމެއްގައި ކުއްލި ގޮތަކަށް ޓީމުގެ ކޭމްޕް ދޫކޮށް ދާން ޖެހިފަ އެވެ. ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް އެކަން މީޑީއާ އަށް ޔަގީން ކޮށްދީފަ އެވެ.
މީގެ އިތުރުން ޓީމުގެ ޑިފެންޑަރު ބެން ވައިޓް ވެސް ވަނީ އަމިއްލަ ސަބަބަކާ ހުރެ ޓީމު ދޫކޮށް އަނބުރާ ގައުމަށް ގޮސްފަ އެވެ. އަދި ވޯލްޑް ކަޕް ގައި އިންގްލެންޑަށް ކުރިއަށް ހުރި މެޗްތަކުގައި އޭނާ ޓީމުން ނުފެންނާނެ ކަމަށް ވެސް އިންގްލެންޑް އެފްއޭ އިން ވަނީ ހާމަ ކޮށްފަ އެވެ.
އިންގްލެންޑާއި ފްރާންސް ވާދަކުރާ ކުއާޓާ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރެވެ.
ސެނެގާލް ކޯޗު ބަލިވެއްޖެ، މެޗުގައި ބެންޗުން ނުފެނިދާނެ
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސަޕޯޓަރުންނަށް ރައިސް އާއި ގްރީލިޝް ވީ ހަތުރުންނަށް
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ
ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސައުތުގޭޓްގެ އަމާޒަކީ އިހުތިރާމު ހޯދައިދިނުން
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު