08 ސެޕްޓެމްބަރ 2024
ޑަބްލިން (ސެޕްޓެމްބަރު 8) - ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން 2-0 އިން އަޔަލެންޑް ބަލިކުރި މެޗުގައި ގޯލު ޖެހި ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އަކީ ހަރުފަތަކެއް ކަމަށް އަޔަލެންޑްގެ ސަޕޯޓަރުން ސިފަކޮށްފި އެވެ.
ޑަބްލިން (ސެޕްޓެމްބަރު 8) - ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން 2-0 އިން އަޔަލެންޑް ބަލިކުރި މެޗުގައި ގޯލު ޖެހި ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އަކީ ހަރުފަތަކެއް ކަމަށް އަޔަލެންޑްގެ ސަޕޯޓަރުން ސިފަކޮށްފި އެވެ.
އިންގްލެންޑަށް އުފަން ރައިސް، 25، އާއި ގްރީލިޝް، 28، ގެ ފޮޓޯ އާއެކު، "ހަރުފަތައް އެނބުރި އަތުވެއްޖެ" ލިޔެފައިވާ ޕޯސްޓަރެއް ރޭގެ މެޗުގައި ރިޕަބްލިކް އޮފް އަޔަލެންޑްގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ގެންގުޅުނެވެ.
ނަމަވެސް މެޗުން އިންގްލެންޑް މޮޅުވީ ރައިސް އާއި ގްރީލިޝް ޖެހި ގޯލުތަކުންނެވެ. ފުރަތަމަ ހާފުގައި މި ދެ ކުޅުންތެރިން ވެސް ގޯލު ޖެހުމަށް ފަހު، އަޔަލެންޑަށް އިހުތިރާމް ކުރުމުގެ ގޮތުން އުފާފާޅު ކޮށްފައެއް ނުވެ އެވެ.
"އަހަރެމެން ދެމީހުން ވެސް މި ގައުމުގައި ކުޅުނު ދުވަސްތައް މަތިން ހަނދާންކޮށް އުފާކުރަން، އަހަރެން ގައިމުވެސް އުފާވޭ. އަހަރެންގެ އާއިލާގައި ވެސް ބައިވަރު އައިރިޝް (އަޔަލެންޑް) މީހުން ތިބޭ. ސަޕޯޓަރުންނާ ދޭތެރޭ އަހަރެމެންގެ ހިތް ބުރަކަމެއް ނޯންނާނެ،" މެޗަށް ފަހު ގްރީލިޝް ބުންޏެވެ.
އަޔަލެންޑްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު ރައިސް އާއި ގްރީލިޝް ވެސް ނިންމީ ސީނިއާ ލެވެލްގައި އިންގްލެންޑް ތަމްސީލުކުރާށެވެ. އަދި ރައިސް އިންގްލެންޑަށް ބަދަލުވީ އަޔަލެންޑަށް ތިން މެޗު ކުޅެދިނުމަށް ފަހު އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު 105 މިލިއަން ޕައުންޑްގެ އަގަކަށް އާސެނަލް އަށް ބަދަލުވި ރައިސް އަކީ ޔޫރަޕްގައި ފާހަގަ ކޮށްލެވޭ މިޑްފީލްޑަރެކެވެ. އޭގެ ކުރިން 2021 ވަނަ އަހަރު ގްރީލިޝް ވަނީ 100 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފަ އެވެ.
އިންގްލެންޑްގެ ކޯޗުކަމާ ވަގުތީގޮތުން ހަވާލުވެ ހުރި ލީ ކާސްލީ އަކީ އިންގްލެންޑަށް އުފަން ނަމަވެސް، އަޔަލެންޑްގެ ގައުމީ ޓީމަށް 40 މެޗު ކުޅެދިން ކުޅުންތެރިއެކެވެ. އޭނާ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުނު އަޔަލެންޑް ސްކޮޑުގައި ވެސް ހިމެނިފަ އެވެ.
ނޭޝަންސް ލީގު ބީގައި އިންގްލެންޑާއި އަޔަލެންޑްގެ އިތުރުން މި ގުރޫޕްގައި ހިމެނެނީ ގްރީސް އާއި ފިންލެންޑެވެ. ގްރީސް ވަނީ ރޭ 3-0 އިން ފިންލެންޑް ބަލިކޮށްފަ އެވެ.
އަންގާރަ ދުވަހުގެ ރޭ އިންގްލެންޑުން ދެވަނަ މެޗުގައި ފިންލެންޑާ ދެކޮޅަށް ލަންޑަންގެ ވެމްބްލީގައި ކުޅޭނެ އެވެ.
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ
ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސައުތުގޭޓްގެ އަމާޒަކީ އިހުތިރާމު ހޯދައިދިނުން
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން